މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އިއްޔެގެ ނިޔަލަށް ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށެވެ. މިއަހަރުގެ މިހާތަނަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިދިޔަ އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 1.3 މިލިއަން ފަތުރުވެރިންނެވެ. އަދި 2021 ވަނަ އަހަރު އެ އަދަދު އުޅެނީ 996 ހާހުގައެވެ.



ރާއްޖެއަށް މިއަހަރު 1.9 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒެއް ޓޫރިޒަމް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 1.6 މިލިއަން ފަތުރުވެރިންނެވެ.

މިއަހަރުގެ އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ފެބްރުއަރީމަހުއެވެ. އެއީ 177 ހާސް ފަތުރުވެރިންނެވެ. އެންމެ މަދުން ފަތުރުވެރިން ޒިޔާރަތްކުރީ އޭޕްރީލްމަހުއެވެ. 104 ހާސް ފަތުރުވެރިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން