އަހުމަދު މަސްނޫމް   30 އޮކްޓޯބަރު 2023 - 0:57
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ނަމުގައި ލ. އަތޮޅު ގައުމުގައި ބިމެއް ނުވަތަ ގޯއްޗެއް ނެތްކަމަށް ލ. އަތޮޅު ކައުންސިލުން ބުނެފިއެވެ.

ލ. އަތޮޅު ކައުންސިލުން މިކަން ހާމަކޮށްފައި ވަނީ ރޮޒައިނާގެ ބިމެއް އައްޑޫގައި އޮތްތޯ ބައްލަވައިދެއްވުން އެދި އޭނާ ފޮނުއްވި ސިޓީއަކަށް ދެއްވި ޖަވާބުގައެވެ.

މިމައުލޫމާތު އޮޅުންފިލުވަން ރޮޒެއިނާ އެދިވަޑައިގަތީ އޭނާގެ އަތުގައި ބައެއް ރަށްރަށުން ލިބިވަޑައިގެންފައިވާ ގޯތިތަކާ ބިން ހުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ބަޔަކު ފެތުރި ވާހަކައާއި ގުޅިގެނެވެ.

ރޮޒައިނާ ވަނީ މިމަހުގެ 20 ވަނަ ދުވަހު ކަމާއިބެހޭ ފަރާތްތަކުން މައުލޫމާތު އޮޅުންފިލުވަން ސިޓީ ފޮނުއްވާފައެވެ.

ލ. އަތޮޅު ކައުންސިލަށް ފޮނުއްވި ސިޓީގެ ޖަވާބުގައި އެ ކައުންސިލުން ބުނީ ގަމުގައި ރޮޒެއިނާގެ ނަމުގައި ބިމެއް ނުވަތަ ގޯއްޗެއް ނެތްކަމަށެވެ.

ލ އަތޮޅު ކައުންސިލްގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލާއި ނ. އަތޮޅު ކައުންސިލު އަދި އދ އަތޮޅު ކައުންސިލަށްވެސް މި މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާފައި ވެއެވެ.

އައްޑޫ ސިޓީ ކައުންސިލުންވެސް ވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ނަމުގައި އައްޑޫ ސިޓީގައި ބިމެއް ނުވަތަ ގޯއްޗެއް ނެތްކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން