ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ ބައެއް މެމްބަރުންނާއި މިރޭ ބައްދަލު ކުރައްވައިފިއެވެ.

ރައީސް ޔާމީން ޕީޕީއެމްގެ ބައެއް މެމްބަރުންނާއި ބައްދަލުކުރައްވާފައި މިވަނީ އެމަނި،ފާނު މާލެ ބަންދަށް ދޫކޮށްލުމުންނެވެ.

ރައީސް ޔާމީން ޕީޕީއެމްގެ މެމްބަރުންނާއި ބައްދަލުކުރެއްވީ މިރޭ ޕާޓީގެ އޮފީޙުގައެވެ.

މި ބައްދަލުކުރެއްވުމުގައި ޕީޕީއެމްގެ އިސް ބޭފުޅުންނާއި ޕާޓީގެ ގްރާސްރޫޓްގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބައެއް މެންބަރުން ބައިވެރިވިއެވެ. ނަމަވެސް މި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލެއް ނޭނގެއެވެ.

ކުރީގެ ރައީސް ޔާމީން އަދިވެސް ހުންނެވީ ޖަލު ހުކުމެއްގައެވެ. ނަމަވެސް ޕީޕީއެމް ޕީއެންސީން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމާއެކު އެމަނިކުފާނު ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ. އަދި މާލެ ބަންދަށް ދޫކޮށްލާފައިވަނީ އިއްޔެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން