ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގެންނެވި ޖަގަހަ ޖަލްސާގައި އެ ކޯލިޝަންގެ ލީޑާޝިޕްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިނުގަންނަވާ ކަން ގިނަ ބަޔަކަށް ފާހަގަކުރެވިއްޖެއެވެ.

11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމިނަށް ކަރެކްޝަން ސާވިސް އިން ލުއިތަކެެއް ދީފައިވަނިކޮށް ޕީޕީއެމް އޮފީހުގައި މިރޭ ވަނީ ޖަގަހަ ޖަލްސާއެއް ބާއްވާފައެވެ. މިއީ ރައީސް ޔާމީން މިފަދަ ޖަލްސާއެއްގައި ބައިވެރިވެ ވަޑައިނުގަންނަވާތާ އަހަރެއްހާ ދުވަހަށްފަހު، ބައިވެރިވެ ވަޑައިގެންނެވި ފުރަތަމަ ޖަލްސާ އެވެ.

ދެޕާޓީގެ އިސް ލީޑަރުންގެ ތެރެއިން މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ ރައީސް ޔާމިންގެ ވަކީލު ޑރ. މުޙައްމަދު ޖަމީލާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.

މިރޭގެ ޖަލްސާގައި ޕީއެންސީގެ ޗެއާޕާސަން އަބްދުލްރަހީމް އަބްދުﷲ އާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، މަޖިލީހުގެ އެހެން މެންބަރުން ބައިވެރިވެވަޑައެއް ނުގެންނެވިއެވެ.

މިރޭގެ ޖަލްސާގައި ލީޑަރޝިޕްގެ އިސްބޭފުޅުން ކުރީ ސަފުން ފެންނަން ނެތް ނަމަވެސް މީގެ ކުރިން ޕީޕީއެމް/ޕީއެންސީ ގެ ބައްދަލުވުމަކަށް، ވަކިން ހާއްސަކޮށް ރައީސް ޔާމީންގެ ބައްދަލުވުމަކަށް ގޮވާލެވިއްޖެ ނަމަ އެންމެ ކުރީ ސަފުގައި އެ ދެ ޕާޓީގެ އިސްވެރިން ތިއްބަވާކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން