ލެޕްރަސީ ބަލި ފެތުރުން ހުއްޓުވި ފުރަތަމަ ޤައުމަކަށް ރާއްޖެ ވެއްޖެއެވެ.

ހެލްތު މިނިސްޓްރީން ބުނީ ރާއްޖެއިން ލެޕްރަސީ ބަލި ފެތުރުން ކޮންޓްރޯލްވި ކަމުގެ ކާމިޔާބީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއިން ބަލައިގެންފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ 5 އަހަރު ތެރޭގައި ރާއްޖޭގެ ކުޑަކުދިންގެ މެދުގައި މި ބަލީގެ ކޭސްއެއް ފެނިފައިނުވާ ކަމަށް އެޖަމިއްޔާއިން ފާހަގަކޮށްފައި ވެއެވެ.



މިކަން ބަލައިގަތްކަން ހާމަކުރަން ޑަބްލިޔުއެޗްއޯއިން ބޭއްވި ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގެ ރީޖަނަލް ބައްދަލުވުމުގައި ރީޖަނަލް ޑިރެކްޓަރު ޑރ. ޕޫނަމް ޚޭތުރަޕަލް ސިންގް ވަނީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް ޖުޒާމް ބަލި ފެތުރުން ކޮންޓްރޯލް ކުރިކަމުގެ އެވޯޑު ހަވާލުކޮށްފައެވެ.

މި ބަލިމަޑުކަމުން ޤައުމު ސަލާމަތްކޮށްދިނުމަށް ވަރުބަލިކަމެއް ނެތި މަސައްކަތްކުރި ހުރިހާ ސިއްހީ ހިދުމަތްތެރިންނަށް ޑަބްލިޔުއެޗްއޯއިން ވަނީ މަރުހަބާ ކިޔާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން