އަހުމަދު މަސްނޫމް   31 އޮކްޓޯބަރު 2023 - 22:35
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދެވުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ހުށަހަޅުއްވާ މެނިފެސްޓޯ ތަންފީޒުކުރުމަށް ކ. ފުށިދިއްގަރުފަޅު ހިއްކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.

މަޖިލީހަށް މިއަދު ސަރުކާރުން ފޮނުވި ބަޖެޓްގައިވާ ގޮތުން ފުށިދިއްގަރުފަޅު ހިއްކަން 400 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ. މި މަޝްރޫޢުގެ އިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 118 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، ސޯޝަލް ހައުސިން މަޝްރޫއަށް 286 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ.

މުއިއްޒުގެ ބޯހިޔާވަހިކަމުގެ މެނިފެސްޓޯގެ ދަށުން ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެ ކަމަށާއި އެތަނުން 11،900 އަށް ވުރެ ގިނަ ގޯތި ދޭނެކަމަށާއި 26،000 ފްލެޓް އިމާރާތް ކުރާނެކަން ވަނީ އިއުލާނު ކޮށްފައެވެ.

މި މެނިފެސްޓޯގެ ދަށުން ފުށިދިއްގަރުފަޅާއި ގިރާވަރުފަޅާއި ގުޅިފަޅާއި ހުޅުމާލެ އާއި މާލެ ހިމެނޭހެން 65،000 ގޯތި ނުވަތަ ފްލެޓް ދިނުމަށް ވަނީ ނިންމާފައެވެ.

އޭރުން ބޯހިޔާވަހިކަން ނުލިބޭ މީހަކު މާލެ ސަރަހައްދުގައި ނުހުންނާނެ ކަމަށް އިންތިހާބީ ރައީސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން