މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ބައެއް މަޤާމްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީން ބުނީ އެ ޕާޓީގެ ބައެއް ދާއިރާތަކަށް މެންބަރުން ކުރިމަތިލުމުގެ ފުރުސަތު 30 އޮކްޓޯބަރ 2023 އިން 13 ނޮވެމްބަރ 2023އަށް ހުޅުވާލާފައިވާކަމަށެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީން ހުޅުވާލާފައިވަނީ ނައިބު ރައީސް އޯވަރސީސް (އަންހެން)، ޕާޓީގެ ނައިބް ރައީސް، ސެންޓްރަލް ރީޖަން (ކ، އއ، އދ، ވ އަތޮޅު)، ހެންވޭރު ދެކުނު ދާއިރާ (މާލެ ރީޖަން) ރައީސް، މައްޗަންގޮޅި ދެކުނު ދާއިރާ (މާލެ ރީޖަން) ރައީސްގެ މަޤާމު ހިމެނެއެވެ. މީގެ އިތުރުންވެސް ރަށްރަށާއި ދާއިރާތަކުގެ ބައެއް މަޤާމުތައް ހިމެނެއެވެ.



އެމްއެންޕީން ބުނީ މި ދާއިރާތަކުގެ ބައި އިލެކްޝަނަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އައިޑީ ކާރޑް ކޮޕީ އަދި ވަނަވަރާއިއެކު 13 ނޮވެމްބަރ 2023 ވާ (ހޯމަ) ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ޕާޓީގެ އޮފީސް މއ. ކެލާވީ ފަސްޓް ފްލޯރއަށް ވަޑައިގެން ފޯމް ހުށަހެޅުއްވުމަށް އެދޭކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން