މާލެ-ހުޅުމާލެ ހައިވޭގައި ސޯލާ ޕެނަލް ހަރުކުރަން ނިންމީ ކުރީގެ ރައީސް ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައިކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިހެން ބުނެފައިވަނީ މާލެ-ހުޅުމާލެ ހައިވޭގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތައް އެހެން ރަށަކަށް ބަދަލުކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނިކޮށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހައިވޭގައި ސޯލާ ޕެނަލް ހަރުކުރަން ނިންމާފައި ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި، ޑރ. މުއިއްޒުވެސް ހިމެނިވަޑައިގެންނެވި ކެބިނެޓުންކަމަށެވެ. އަދި އެއީ 2010 ވަނަ އަހަރު އެކުލަވާލި ކާބަން ނިއުޓްރަލް އިންވެސްޓްމަންޓް ޕްލޭންގެ ދަށުން ފެށި ހަރަކާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިންގި މަޝްރޫއު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުގެ ބަޔާނުގައި ބުނީ ސޯލާ ޕެނަލްތައް ނެގުން ވެގެންދާނީ މި ދާއިރާގައި އިންވެސްޓް ކުރާ ފަރާތްތަކުގެ ކޮންފިޑެންސް ރާއްޖެއާ މެދު ގެއްލި ރާއްޖެއަށް ލިބެން އޮތް އިންވެސްޓްމަންޓްތައް ހުއްޓޭނެ ކަމަކަށް ކަމަށެވެ.

ސަރުކާރުން ބުނީ އެއް ސަރުކާރުން ފަށާ ގައުމީ ތަރައްގީގެ މިފަދަ މަޝްރޫއުތައް ދެން އަންނަ ސަރުކާރަކުން ހުއްޓާ ނުލައި ކުރިއަށް ގެންދިއުމަކީ ގައުމެއް ކުރިއަރައި ދިއުމުގައި ދަމަހައްޓަން ޖެހޭ އަސާސެއް ކަމަށް ދެކި މި މަޝްރޫއު ރައީސް ޔާމީނުގެ ސަރުކާރުން އެކުލަވާލި ކޮންސެޕްޓާ އެއްގޮތަށް މިހާރުގެ ސަރުކާރުން ވަނީ ކުރިއަށް ގެންގޮސްފައިކަމަށެވެ.

ހައިވޭގައި ސޯލާ ހަރުކުރުމުގެ މަސައްކަތުގެ ދަށުން އެ ޕްރޮޖެކްޓުގެ 95 ޕަސެންޓް މަސައްކަތް ނިމި، މިހާރު ކުރިއަށް ދަނީ ސްޓެލްކޯގެ ގްރީޑަށް ގުޅުމަށް ކުރަން ޖެހޭ ކަންކަމެވެ.

ހައިވޭގައި 5.6 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރަނީ ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑް ކުންފުންޏާ ހަވާލުކޮށްގެންނެވެ.

ސަރުކާރުން ބުނާގޮތުން އެ ސޯލާ ޕެނަލްތައް އެހެން ތަނަކަށް ބަދަލުކުރާ ނަމަ، ދައުލަތަށް މާލީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން