ޢައްޒާގެ ގިނަ ބަޔަކު ދިރިއުޅެމުންގެންދާ ޖަބަލިއްޔާ ރެފިއުޖީ ކޭމްޕަށް އިޒްރާއީލުން ދިން ހަމަލާ އެންމެ ހަރުކަށި ޢިބާރާތުން ދިވެހި ސަރުކާރުން ކުށްވެރި ކޮށްފިއެވެ.

މި ހަމަލާގައި ފަލަސްޠީނުގެ ގިނަ އަދަދެއްގެ ރައްޔިތުން ޝަހީދުވެ އެތަކެއް ރައްޔިތުންނެއް ވަނީ ޒަޚަމްވެފައެވެ. މީގެތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިން ހިމެނެއެވެ.

އާންމު ރައްޔިޔުންނާ ދެކޮޅަށް އިޒްރާއީލުން ދެމުންގެންދާ ހަމަލާތަކާއި ކުރަމުންގެންދާ ލާއިންސާނީ އަމަލުތަކަކީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނުތަކާ ޚިލާފު އަމަލުތަކެއްކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ފަލަސްޠީނުގެ ކުށެއްނެތް އާންމު ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އދ.ގެ އާންމު މަޖިލީހުން 27 އޮކްޓޫބަރުގައި ފާސްކޮށްފައިވާ ޤަރާރާ އެއްގޮތަށް ކުރެވެން ހުރި އެންމެހާ މަސައްކަތެއް ކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރުކޮށް، ފަލަސްޠީނުގެ ރައްޔިޔުންނަށް އެއްވެސް ހުރަހެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށް ދިވެހި ސަރުކާރުން ގޮވާލާފައި ވެއެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން