އެމްޓީސީސީގެ "ކަށަވަރު ޕްރޮމޯ 2023" މިއަދު އިފްތިތާހްކޮށްފިއެވެ.

ކަށަވަރު ޕްރޮމޯ 2023 އިފްތިތާޙު ކުރީ ކަށަވަރު ޝޯރޫމްގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ޕްރޮމޯޝަން އިފްތިތާޙުކުރުމުގެ ގޮތުން މިއަދު ކަށަވަރު ޝޯރޫމްގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން 31 ޑިސެމްބަރ 2023 ގެ ނިޔަލަށެވެ.

މިއަދު އިފްތިތާޙު ކުރި ޕްރޮމޯޝަންގެ މަޤްސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ވިއްކުމެވެ. މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދޭ ޕްރޮޑަކްޓް ތަކަކީ ސުޒުކީ އަދި ޔަންމާ އިންޖީނާއި ސްޓަރން އައިޓަމްތަކާއި ސްކޮޓް ބޭޑަރ ރެސިން އާއި ސްކޮޓް ބޭޑަރ ޖެލްކޯޓްސް އަދި ޕިގްމެންޓްސްއާއި ޔަންމާ ޖެންސެޓްސްއާއި ސްޕެއާރ ޕާރޓްސްއާއި އެކްސަސަރީޒްއާއި އިންޑަސްޓްރިއަލް ގޭހާއި މެރޯލް އަދި ލުބްރިކަންޓްސްއެވެ.

މި ޕްރޮމޯގެ މުއްދަތުގައި ކުރައްވާ ކޮންމެ 5,000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެ ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ. އަދ،ި ޕްރޮމޯ ނިންމާލަމުން ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ސުޒުކީ 175 ހޯސްޕަވަރުގެ އިންޖީނެއް ލިބިވަޑައިގަންނަވާނެއެވެ.

"ކަށަވަރު ޕްރޮމޯ 2023" އެމްޓީސީސީން އަމާޒުކޮށްފައިވަނީ އޮޑިވެރިންނާއި މަސްވެރިންނާއި އިންޖިނޭރުންނާއި ފަތުރުވެރިކަމާއި އަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި ރޭވިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި މާލޭ ބަނދަރު ސަރަޙައްދު، ހުޅުމާލޭ ބަނދަރު ސަރަޙައްދު، ތިލަފުށީ ޑޮކްޔާރޑް އަދި ސައިޓް، ރ. އަލިފުށި، ރ. ވާދޫ، ތ. ހިރިލަންދޫ، ތ. ތިމަރަފުށި، ތ. ދިޔަމިގިލި، ދ. ކުޑަހުވަދޫ، ކ. މާފުށ،ި، ކ. ގުޅީގެ އިތުރުން ޏ. ފުވައްމުލަކުގައި އައުޓްޑޯ އިވެންޓްތައް ބޭއްވުމާއި މި ތަންތަނަށް ޒިޔާރަތް ކުރުން ހިމެނޭ ކަމަށް އެކުންފުނިން މަޢުލޫމާތު ދެއެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން