އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ "ޕްރޯ ޗައިނާ" ބޭފުޅެއްގެ ގޮތުގައި ލޭބަލް ކުރެއްވުމަކީ ގޯހެއް ކަމުގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިމޭރުމުން ވާހަކަފުޅު ދެއްކެވީ ލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅެއްގައި ވެރިރަށް ކޮލަމްބޯގައި އޮތް ޖިއޯ ޕޮލިޓިކް އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޑރ. މުއިއްޒުއަކީ އިންޑިއާއާ ދެކޮޅު ބޭފުޅެއްގެ ގޮތުގައި ސިފަކުރުމަކީ ގޯސް ސިފަކުރުމެއް ކަމަށެވެ. އަދި ޑރ. މުއިއްޒުއަކީ އެއްވެސް ގައުމަކާ ދެކޮޅު ބޭފުޅެއް ނޫންކަމަށާއި މުއިއްޒު އިސްކަން ދެއްވާނީ ދިވެހިންނަށާއި ދިވެހީންގެ ހާލަތު ރަނގަޅު ކުރުމަށް ކަމުގައި ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މުޢިއްޒަކީ "ޕްރޯ މޯލްޑިވްސް" ބޭފުޅެއް ކަމަށެވެ. އިންތިޚާބު ކާމިޔާބުކުރެއްވިފަހުން ވަރަށް ގިނަ ބޭރުގެ މީޑިއާތަކުން ވަނީ ޑރ. މުޢިއްޒަކީ "ޕްރޯ ޗައިނާ" ބޭފުޅެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މިކަމަށް ރައްދުދެއްވަމުން ނަޝީދު ވިދާޅުވީ ޑރ. މުޢިއްޒަކީ ރާއްޖެއަށްވުރެ ބޮޑަށް އެހެން ޤައުމަކަށް އިސްކަން ދެއްވާނެ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވަން އެމަނިކުފާނަށް ދަތިފުޅު ކަމަށެވެ.

ނަޝީދު ވިދާޅުވީ "އިންޑިއާ ފަސްޓް ޕޮލިސީ" އޭ އެންމެ ފުރަތަމަ ވިދާޅުވީ ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ކަމަށެވެ. އެހެން ނަމަވެސް، ރައީސް ޔާމީން އެޚިޔާލު ފަހުން ބަދަލުކުރެއްވި ކަމަށް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


3

އަހްމަދު

02-Nov-2023

ދިވެހި ގައުމު ހަލާކު ކުރި ވެރިއެއް



ޓްރެންޑިން