ޣައްޒާ ހިމާޔަތް ކުރުމަކީ އިސްލާމީ ގައުމުތަކާއި، އެ ގައުމުތަކުގެ މައްޗަށް އިސްލާމީ ޝަރީއަތުން ވާޖިބު ކަމެއްކަމަށް ބުނެ އިންޓަރނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޮލަރސްއިން ފަތުވާއެެއް ނެރެފިއެވެ.

މިއަދު ބޭއްވި އިންޓަރނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޮލާސްގެ ބައްދަލުވުމަށްފަހު ނެރުނު ފަތުވާގައި ބުނީ މައްސަލައިގެ ތެރެއަށް ވީހާވެސް އަވަހަކަށް ވަދެ، ޣައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމުތަކާއި، ޣައްޒާ ސުންނާފަތިކުރުން މިހިނދުން މިހިނދަށް ހުއްޓުވުމަކީ ސަރުކާރުތަކާއި، ސިފައިންނަށް ޝަރީއަތުން ވާޖިބުވާ ކަމެއް ކަމަށެވެ.

އަދި ފަލަސްތީނު ސުންނާފަތިކޮށް ނައްތާލަން ދޫކޮށްލުމަކީ މާތްﷲ އަށާއި، ކީރިތި ރަސޫލާއަށް ޣައްދާރުވުން ކަމަށާއި، އެއީ ﷲގެ ހަޟްރަތުގައި ބޮޑުވެގެންވާ ފާފައެއް ކަމަށްވެސް އިލްމުވެރިންގެ ފަތުވާގައި ބުނެފައިވެއެވެ.



ފަތުވާގައި ބުނާގޮތުން ފަލަސްތީނާ އިންވެގެންއޮތް ހަތަރު ގައުމު ކަމަށްވާ މިސްރު، އުރުދުން، ސޫރިޔާ އަދި ލުބުނާނުން އަސްކަރީ ބާރުގެ ބޭނުން ކުރުމަކީ ޝަރުއީގޮތުން ލާޒިމުކަމެކެެވެ.

މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ހައްދު ފަހަނައަޅާފައިވާ އިޒްރޭލު ސިފައިން ފަލަސްތީނުގެ ޣައްޒާއަށް އެއްގަމު މަގުންނާއި ވައިގެ މަގުން ދެމުންގެންދާ ހަމަލާތަކުގައި އެތައް ހާސްބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ.

އެގޮތުން މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 8700 އަށްވުރެ މައްޗަށް އަރާފައެވެ. މިހަމަލާތަކުގައި ޣައްޒާ އެތައް ސަތޭކަ ބަޔެއްގެ ގެދޮރު ސުންނާފަތިވެފައިވާއިރު ޣައްޒާއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު


-7

އަހުމަދު

03-Nov-2023

މީގައި ކޮންމެ މުސްލިމަކަ ވާޖިބްވާނެ އަހަރެން ރެޑީ


5

ޒާހިރު

03-Nov-2023

ފަތުވާ އާއި'އެއްގޮތަށް އަމަލުކުރުން މުސްލިމްކޮއްމެ ފަރުދަކަށް ހައްޤު.



ޓްރެންޑިން