ކުރިއަށް އޮތް ރިޔާސީ ދައުރު ސަރުކާރު ހިންގުމާއި ހަވާލުވާ ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީ އަންނަ ޖެނުއަރީމަހު ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

ޕީޕީއެމް ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީ 2024 ޖެނުއަރީ 20ގައި ބާއްވާ ގޮތަށް ހަމަޖައްސާފައިވާކަމަށެވެ.

ބަޔާނުގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓަށް ޝައުޤުވެރިވެރިވާ ޕީޕީއެމް ޕީއެންސީގެ މެންބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ޑިސެންބަރު 20 އިން ފެށިގެން 31 ގެ ނިޔަލަށް ހުޅުވާލާ ގޮތަށް ހަމަޖައްސާފައިވާކަމަށެވެ.



ޕީޕީއެމް ޕީއެންސީން ބުނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީން ވާދަކުރުމަށް ކެންޑިޑޭޓުން ނެރޭނީ ދެޕާޓީ އެކުގައި އެއް ކޯލިޝަނަކުންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން