ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަނުކުރައްވަން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ނިންމަވައިފިއެވެ.

ނަރީޝް ވަނީ އަންނަ މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން މީގެ ދުވަސްކޮޅެއް ކުރިން އިއުލާންކޮށްފައެވެ.

ނަރީޝް ވިދާޅުވީ ކުޅުދުއްފުށީ އުތުރު ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޙިދުމަތެއްކޮށް ކުޅުދުއްފުށީ އުތުރު ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ހައްގުގައި މަޖިލީހުގައި ވަކާލާތުކޮށް ސަރުކާރާއި ގުޅިގެން ދާއިރާއަަށް ތަރައްގީ ހޯދައިދިނުމުގެ މަތިވެރި އަޒުމުގައިކަމަށެވެ. އަދި ކުޅުދުއްފުށީ އުތުރު ދައިރާއަށް ވާދަކުރަން ނިންމުމާއިއެކު ކުޅުދުއްފުށީ އުތުރަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކަމުވޮށިގެންވާ ބޭފުޅުންނާއި އިސްރަށްވެހިންނާއި ކަނބަލުންނާއި ޒުވާނުންގެ ތާއީދު އޭނާއަށް އޮތްކަން ހާމަކުރަމުންދިޔަކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ އޭނާ މިހާތަނަށް ކުރި މަސައްކަތުން އެނގިގެން ދިޔައީ ކުލުދުއްފުށީ ރޫޙު އޮތީ ވަރަށް ބޮޑަށް ވަތަނީކޮށްކަމަށާއި، ރަށުދަރި ރަށަށް އިންތިޚާބުކުރުމުގެ ރޫޙު ވަރަށް ބޮޑަށް އޮތްކަމެވެ. އެހެންކަމުން އެ ދާއިރާއަށް ވާދަކުރާ ޕީޕީއެމް ޕީއެންސީ ކެނޑިޑޭޓް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި އޭނާ ވާދަނުކުރައްވަންކަމަށް ނަރީޝް ވިދާޅުވިއެވެ.

"ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންގެ ވިސްނުމާއި ފިކުރަށް އިޙްތިރާމް އަޅުގަނޑު ކުރާ ހާލު ރައްޔިތުންގެ މަޖިލީސް ކުޅުދުއްފުށީ އުތުރު މަޖިލީސް ޕްރައިމަރީގައި އަޅުގަނޑު ވާދަނުކުރަން ނިންމި ވާހަކަ ކުޅުދުއްފުށި އުތުރުގެ ލޮބުވެތި ރައްޔިތުން އަރިހުގައި ދަންނަވަން" ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ ޓީމެއްގެ ގޮތުގައި އޭނާއަށް ތާއީދު ހޯއްދަވައި ދެއްވަން މަސައްކަތްކުރައްވަމުން ގެންދެވި ހުރިހާ ބޭފުޅުންނަށް ހިތުގެ އިޙްލާސްތެރި ޝުކުރު އަދާކުރައްވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން