މާލޭގައި ހިންގާ ސިޓީ ހޮޓަލަކުން ނެގި 5 ލައްކަ ރުފިޔާގެ ލޯނެއް އަނބުރާ ދައްކަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ބީހައިވް ނަމަކަށް ކިޔާ މި ސިޓީ ހޮޓަލުން 5 ލައްކަ ރުފިޔާގެ ލޯނެއް އެފްއޭއެމުން ނަގާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އަދި 5 ލައްކަ ރުފިޔާގެ ލޯނު ޑޮލަރުން އަނބުރާ ދައްކާގޮތަށް އެފްއޭއެމުން އެއްބަސްވެފައިވާކަމަށްވެސް ކޯޓު ހުކުމްގައިވެއެވެ. އެއީ 32426 ޑޮލަރެވެ.

ކޯޓު ހުކުމްގައިވާ ގޮތުން އެފްއޭއެމުން ފައިސާ އަނބުރާ ދެއްކުމަށް މިދިޔަ ޑިސެމްބަރުމަހު ދިން ޗެކަށް ފައިސާއެއް ނުނެގެއެވެ. މާލީ ދަތިތައް ކުރިމަތިވެފައިވާކަމަށް ބުނެ ކޯޓުގައި އެފްއޭއެމުން އެދިފައި ވަނީ އެ ފައިސާ ބަހާލައިގެން ދެއްކޭގޮތަށް ހަދައި ދިނުމަށެވެ.

މި މައްސަލައިގައި ކޯޓުން ކުރި ހުކުމުގައި އޮތީ އެއް އަހަރުތެރޭ ބަހާލައިގެން ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން އެ މަހަކަށް ދައްކަންޖެހޭ ފައިސާ، (މަދުވެގެން 2700 ޑޮލަރު) ދެއްކުމަށެވެ.

ސިޓީ ހޮޓަލަކުން ނަގާފައިވާ ލޯނެއް ނުދައްކައިގެން އެފްއޭއެމްގެ މައްޗަށް ހުކުމެއް އައިސްފައިވާއިރު، މީގެކުރިން އެފްއޭއެމްއިން ހާޑްވެއާރ އަކާއި ފޯނު ފިހާރަތަކެއް ހިންގާ ކުންފުންޏަކުން ނަގާފައިވާ ދަރަނި އަނބުރާ ދެއްކުމަށް މިފަހުން ވަނީ ހުކުމެއް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން