ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ލިބިވަޑައިގަންނަވާ ކުރީގެ ރައީސުންގެ އިނާޔަތް ކަނޑާލަންޖެހޭކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

އިކްރާމް މިފަދަ މޭރުމަކުން ވާހަކަ ދައްކާފައި މިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ވަކިކުރަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކުރަން އެމްޑީޕީ މަސައްކަތް ފެށި ހިސާބުން މަޖިލިސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެކަަމާއި ގުޅިގެން އެމްޑީޕީން ސުޕްރިމް ކޯޓަށް ގޮސްފައިވާއިރު ގިނަ ބަޔަކު އަންނަނީ ރައީސް ނަޝީދު މަޖިލިސް ރައީސް ކަމުން އިސްތިއުފާދެއްވުމަށް ގޮވާލަމުންނެވެ.

ރައީސް ނަޝީދާއި މެދު އެމްޑީޕީގެ މެމްބަރުން ނުރުހުން ފާޅުކުރަމުންދާއިރު އެމްޑީޕީ މަޖްލިސް މެމްބަރުންވެސް އަންނަނީ އެމަނިކުފާނަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ކުރެއްްވި ޓްވީޓެއްގައި ރައީސް ނަޝީދުގެ ނަން ވިދާޅުނުވެ، ނުސީދާކޮށް ވިދާޅުވީ ކުރީގެ ރައީސުންގެ ތެރެއިން ދައުރު ފުރިހަމަނުކުރައްވާ ބޭފުޅުން ނަންގަވަމުން އަންނަ އިނާޔަތްތައް މުޅިން ކަނޑާލަންޖެހޭކަމަށެވެ.



ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސުންގެ ތެރެއިން ދައުރު ފުރިހަމަނުކުރެއްވެނީ ފުރަތަމަ ޖުމްހުރީއްޔާގެ ހަމައެކަނި ރައީސް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނާއި ދެވަނަ ޖުމްހޫރިއްޔާގެ 3 ވަނަ ރައީސް މުހައްމަދު ނަޝީދަށެވެ.

ދައުރު ފުރިހަމަ ނުކުރެއްވެނީސް ސިޔާސީ ހަމަނުޖެހުންތަކެއްގައި ލިބިވައިގެންނެވި އަނިޔާގައި މުހައްމަދު އަމީން އަވަހާރަވިއެވެ. އަދި ހަމަ އެގޮތަށް ރައްޔިތުން ނިކުމެ ކުރި މުޒާހަރާތަކެއްގައި ގައުމު ހަލަބޮލިވި ދަނޑިވަޅެއްގައި ރައީސް ނަޝީދު ވަނީ ދައުރު ހަމަނުވަނީސް އިސްތިއުފާ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

އީވާ

02-Nov-2023

މަގޭ ބޭބެގެ ކަނޑާލާއިރު މަގޭވެސް އެލަވަސް ކަނޑާލާތި. އެހެންނޫނީ މަ ބަލިވާނެ



ޓްރެންޑިން