ވިނަރެސް މަޝްރޫޢުއިން ފްލެޓް ގަތުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު މި މަސް ތެރޭގައި ހުޅުވާލާނެ ކަމަށް އަރބަންކޯއިން ބުނެފިއެވެ.

އަރބަންކޯއިން ބުނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ހުޅުވާލާ މި ފުރުސަތުގައި ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އާ ދެމެދު ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ފޯމު ހުށަހެޅުން ބަންދުވާނީ ވިއްކަން ކަނޑައަޅާފައިވާ ހުރިހާ ފްލެޓަށް ފޯމު ހުށަހަޅާ ނިމުމުން ކަމަށް އަރބަންކޯއިން ބުނެފައި ވެއެވެ.

ވިނަރެސް މަޝްރޫއިން ފްލެޓް ވިއްކުމަށް މިފަހަރު ހުޅުވާލާ ފުރުސަތުގައި ވިއްކުމަށް ކަނޑައެޅިފައިވާ ފްލެޓް ތަކަކީ 15 ސެޕްޓެމްބަރ 2022 ގެ ނިޔަލަށް ފްލެޓް ވިއްކުމަށްފަހު ބާކީ ހުރި ފްލެޓްތަކާއި ނިމިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފްލެޓް ގަތުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން މާލީ ގާބިލުކަން ފުރިހަމަނުވާ ފަރާތްތަކާއި ޔުނިޓް އިހްތިޔާރުކުރުމަށް ދައުވަތު ދިނުމުން ޔުނިޓް އިހްތިޔާރުކުރުމަށް ހާޒިރުވެފައިނުވާ ފަރާތްތަކުގެ ފޯމް ބާތިލްކޮށް ބާކީ ނުވިކިހުރި ޔުނިޓްތައް ކަމަށް އަރބަންކޯއިން ބުނެފައި ވެއެވެ.

މި ފްލެޓްތަކަށް އެދި ފޯމް ހުށަހެޅުމަށް ހުޅުވާލަން ހަމަޖެހިފައިވަނީ 5 ނޮވެމްބަރ ވާ އާދިއްތަ ދުވަހު އަރބަންކޯގެ އޮންލައިން ޕޯރޓަލް މެދުވެރިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު


7

ވާހިދު

02-Nov-2023

ތިއުޅެނީ ގަންނާނެ މީހަކު ނުވެގެންދޯ. 10000 ހަށް ކުޑަކުރޭ އޭރުން ތިކަމާ އުޅެވޭނީ. ނުއަގުގަ ފުލެޓް ވިއްކާ ރައްޔިތުން ފެލަން އުޅޭނެކަމެއްނެތް.



ޓްރެންޑިން