ޕޮއިންޓް ތަރުތީބުން ދޫކުރާ 4000 ފްލެޓް ލިބޭ ފަރާތްތަކުލިސްޓް މި މަހު 5ގެ ކުރިން ޢާންމުކުރަން މަސައްކަތް ކުރަމުންދާ ކަމުގައި ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ.

ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މީޑިއާއަކަށް ދެއްވި މަޢުލޫމާތުގައިވާ ގޮތުން ފްލެޓު ލިބޭ ފުރަތަމަ 4000 މީހުން ކަނޑައަޅާނީ ޕޮއިންޓު ތަރުތީބަށް ބަލައިގެންނެވެ.

އަކްރަމް މިފަދައިން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފްލެޓު އުސޫލުން ބޭރުން ބަހާލަން އުޅޭ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައަޅާފައިވާ މައްސަލައެއްގައި ތުހުމަތުކުރުމާއި ގުޅިގެންނެވެ. އަދި ފްލެޓަށް ހުށަހެޅި މީހުންގެ ގެތައް ރަނގަޅަށް ސާވޭ ކުރެވިފައިނުވާ ކަމަށްވެސް މައްސަލައިގައި ފާހަގަކޮށްފައި ވެއެވެ.

އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައިގައި ވަނީ 13،000 މީހުން ފްލެޓަށް ޝަރުތު ހަމަވާއިރު އެ ފަރާތްތަކުގެ ލިސްޓާއި ޕޮއިންޓް ލިބުނު ގޮތް ޕްލޭނިންގ މިނިސްޓްރީން ހާމަ ނުކުރާ ކަމަށް ތުހުމަތު ކޮށްފައެވެ. އަދި ފްލެޓު ދޭނެ މީހުން ކަނޑައަޅާނެ އުސޫލެއް ވެސް ހާމަ ކޮށްފައި ނުވާކަމަށް އޭސީސީއަށް ހުށައެޅި މައްސަލައިގައި ބުނެފައި ވެއެވެ.

މިކަމާއި ގުޅޭގޮތުން އަކްރަމް ވިދާޅުވީ ފްލެޓަށް ކުރިމަތިލުމަށް ގެޒެޓުގައި ޝާއިއުކުރި އިއުލާނާއި ޕްލޭނިންގ މިނިސްޓްރީގެ ޕޯޓަލްގައިވެސް ޕޮއިންޓް ދޭނެ އުސޫލުތައް އާންމުކޮށްފައިވާނެ ކަމަށެވެ. މީގެ އިތުރުން، ހުރިހާ ގެތަކުގެ (ފްލެޓަށް ހުށަހެޅި މީހުންގެ) ދިރިއުޅުމުގެ ޙާލަތު ބަލަން، އެއްކޮށް ސާވޭ ނުކުރެވުނަސް ރެންޑަމްކޮށް ގެތައް 2 މަސް ދުވަސް ތެރޭގައި ސާވޭކޮށްފައިވާ ކަމަށް އަކްރަމް ހާމަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން