އަހުމަދު މަސްނޫމް   3 ނޮވެމްބަރު 2023 - 0:15
އޮޅުވާލައިގެން ފައިސާ ހޯދަން އައިޑީ ކާޑާއި ޕާސްޕޯޓާއި ގުޅޭ ސްކޭމެއް ބަޔަކު ހިންގާތީ އެކަމަށް ސަމާލުވުމަށް އަންގައިފިއެވެ.

ފުލުހުން ބުނީ އައިޑީ ކާޑާއި ޕާސްޕޯޓް ޑީ އެންރޯލް ވެފައިވާކަމާއި މައުލޫމާތު އަޕްޑޭޓްކުރުމަށާއި އަޕްޑޭޓް ނުކޮށްފިނަމަ އެކައުންޓް ބަންދު ކުރެވޭނެކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓަށް ސަމާލުވާންޖެހޭކަމަށެވެ. އަދި އެ ޕޯސްޓްގައިވާ ލިންކަށް ނުވަނުމަށްވެސް ފުލުހުން އިލްތިމާސް ކުރެއެވެ.



ރާއްޖޭގައި އެކި ދުވަސްވަރު އެކި ކަންކަމާއި ދިމާކޮށް މީހުން ސްކޭމް ހިންގައެވެ. އަދި އެކަންކަމަށް ހޭލުންތެރި ކުރުވުމުގެ މަސައްކަތްވެސް ސަރުކާރުން ކުރެއެވެ. ނަމަވެސް މިފަދަ ކަންކަން ކުރާ ބަޔަކަށް އެކަށީގެންވާ ފިޔަވަޅެއް މިހާތަނަށް އެޅިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން