ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކުގައި ބައިވެރިނުވުމުގެ ވިސްނުމެއް ޕީޕީއެމް، ޕީއެންސީގެ އިސް ބޭފުޅުން ގެންގުޅުއްވާކަމަށް ދެކެވޭ ވާހަކަތައް ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް ދޮގުކުރައްވައިފިއެވެ.

އައްޑޫއަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅެއް ފެއްޓެވުމުގެ ކުރިން މިއަދު އެއަރޕޯޓްގައި ހުންނަވައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް، އަދުރޭ ވިދާޅުވީ ރައީސް ޔާމީން އެންމެފަހުން ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ދެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިނުވިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއްކަމަށެވެ. އަދި އެ ޖަލްސާ ބޭއްވި ރެޔަކީ އިންތިހާބީ ރައީސް ޑރ. މުއިއްްޒު ސިންގަޕޫރަށް ފުރާވަޑައިގެންނެވި ރެޔަށްވުމުން، ގިނަ ބޭފުޅުން ވަޑައިގެންނެވީ އެއަރޕޯޓަށް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީން ބާއްވާ ޖަލްސާއެއްގައި ބައިވެރިނުވުމުގެ ވިސްނުމެއް ލީޑަރޝިޕްގެ އިސް ބޭފުޅުން ނުގެންގުޅުއްވާކަމަށެވެ.

"އެއްގޮތަކަށް ވެސް އަޅުގަނޑުމެން ރައީސް ޔާމީން ބައިވެެރިވެވަޑައިގަންނަވާ އިވެންޓެއްގައި ބައިވެރިނުވުމުގެ މަގްސަދެއްގައެއް ނޫން އަޅުގަނޑުމެން އެ ކަން ކުރީ." އަދިރޭ ވިދާޅުވިއެވެ.

ރައީސް ޔާމީން ޕީޕީއެމް އޮފީހުގައި އެންމެ ފަހުން ބޭއްވި ޖަލްސާގައި ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުންގެ ތެރެއިން ބައިވެރިވީ ވަރަށް މަދު މެމްބަރެކެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ތެރޭގައި އޮތީ ސުވާލު އުފެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު


8

ގޮސްވާޜް

03-Nov-2023

ޠާމީނު ފޮޓޯވިއްކާފަ ހޮވުނީމް ހެދިގޮއް. ޢައިނުދުނިއައް 1500 ޑޮލަރު ތީކާކު ލާރިއައް މޮޔަޥޭ . ޖަލްސާ އައްނުގޮސް ފިޅި ގުރޫޕް.



ޓްރެންޑިން