ބަހްރޭނުން އިޒްރޭލާއެކު ބާއްވަމުން އައި އިގުތިސާދީ ގުޅުން ކަނޑާލައިފިއެެވެ.

އިޒްރޭލާއެކު ބާއްވަމުން އައި އިގްތިސާދީ ގުޅުންތައް ކަނޑާލިކަން ބަހުރޭނުން އިއުލާންކުރީ މިއަދުގެ ވަގުތެެއްގައެވެ.

އިޒްރޭލާއެކު އިގްތިސާދީ ގުޅުންތައް ބަހްރޭނުން ކަނޑާލާފައިވާއިރު އެގައުމުގައި ހުންނަވާ އިޒްރޭލުގެ ސަފީރު ވެސް މިހާރު ވަނީ އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ.

ބަހްރޭނުން ބުނާގޮތުގައި މި ފިޔަވަޅުތަކަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދުމަށް ކުރާ މަސައްކަތަށް ތާއީދުކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކެކެވެ. ބަހްރޭނުން އިޒްރޭލާއެކު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 2020 ވަނަ އަހަރު އެވެ.

އިސްރާއީލުގެ ފޮރިން މިނިސްޓްރީން ބުނީ ބަހްރެއިނުން އެފަދަ އެއްވެސް ނިންމުމެއް ނިންމިކަން މިހާތަނަށް އަންގާފައި ނުވާ ކަމަށެވެ.

ބަހުރޭނުން މި ފިޔަވަޅު އެޅިއިރު ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ، ބޮލީވިއާ އިން ވަނީ އިޒްރޭލާއެކު އޮންނަ ސިޔާސީ ގުޅުން ކަނޑާލާފައެވެ. މީގެ އިތުރުން އުރުދުން އިން ވެސް އެގައުމުން އިޒްރޭލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަނބުރާ ގައުމަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓް ތައް ބުނެއެވެ.

މިދިޔަ މަހުގެ 07 ވަނަ ދުވަހުން ފެށިގެން ވައިގެ މަގުންނާއި އެއްގަމު މަގުން އިޒްރޭލުން ދަނީ ފަލަސްތީނުގެ ޣައްޒާއަށް ވަރުގަދަ ހަމަލާތައް ދެމުންނެެވެ. އެހަމަލާތަކުގައި 9،000 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން