ރާއްޖޭގެ ޖަމިއްޔާއެއްކަމަށްވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީއިން ދިވެހިންގެ ނަމުގައި 20 ހާސް ލީޓަރުގެ ތެޔޮ ޣައްޒާއަށް ދީފައިވާކަމަށް އެ ޖަމްއިއްޔާއިން ބުނެފިއެވެ.

އައިއޭސީން ބުނީ މިއަދަކީ ދިވެހި ރައްޔިތުނަށް އަނެއްކާވެސް އުފާވެރި ދުވަހެއްކަމަށާއި ދިވެހި ރައްޔިތުންގެ އެހީގައި މިއަދު ޣައްޒާގެ އަލް އަޤްސާ މާޓިޔާރސް ހޮސްޕިޓަލަށް 20 ހާސް ލީޓަރުގެ ތެޔޮ ފޯރުކޮށްދެވިފައިވާކަމަށެވެ.



އައިއޭސީއިން ބުނީ ޔަހޫދީންގެ އަނިޔާތައް ކިތަންމެވަރަކަށް ދިންނަމަވެސް ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައެއް ނުލާނެކަމަށެވެ. އަދި ބޮން އަޅާތީ ބިރުން ޣައްޒާގެ ރައްޔިތުނަށް ދެވެން ހުރި އެހީއެއް ނުދީ ނުތިބޭނެކަމަށްވެސް އެ ޖަމުއިއްޔާއިން ބުނެއެވެ.

"އަޅުގަނޑުމެން އެންމެން، އެންމެހާ ދިވެހީން މިިތބީ ފަލަސްޠީނާއެކުކަން، ޣައްޒާއާއި އެކުކަން އަޅުގަނޑުމެން މިދަނީ މުޅި ދުނިޔެއަށް ހާމަކޮށްދެމުން.ތިޔަ ރައްޔިތުން އަޑުއުފުލުމުގައި ދެމި ތިއްބަވާ." އައިއޭސީން ބުންޏެވެ.

އައިއޭސީން ބުނީ ޢައްޒާއަށް ހަދިޔާކުރި ތެލަކީ އައިއޭސީގެ ގްރައުންޑް ޓީމުގެ ބުރަ މަސައްކަތުން ޣައްޒާގެ އެތެރޭން ހޯދުމަށްފަހު ރައްކާތެރިކަމާއެކު ހޮސްޕިޓަލަށް ފޯރުކޮށްދިން ތެޔޮކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން