ގއ. ގެމަނަފުށީގައި ދަގަނޑު ޖަހައިގެން މަސް ހިފަން ފީނަން އެރި އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި އޭނާ ނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ދަގަނޑު ޖަހައިގެން މަސް ހިފަން މޫދަށް ފައިބައިގެން އުޅުނު މީހެއްގެ ގައިގައި ގެމަނަފުށްޓަށް ވަންނަން އައި ލޯންޗަކުން ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި އެކްސިޑެންޓްގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 45 އަަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.

މިހާދިސާގައި ނިޔާވެފައިވަނީ ގދ. ހޯނޑެއްދޫ އަށް ނިސްބަތްވާ މީހެއްކަމަށް މައުލޫމާތު ލިބެއެވެ. ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން