މާޝާ މިދުހަތު   3 ނޮވެމްބަރު 2023 - 5:10
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސައިރިކްސް ކޮލެޖުގެ ވެރިޔާ އަޙްމަދު ޝަރީފް، (ސައިރިކްސް ޝަރީފު) އައްޑޫ ސިޓީ ހުޅުދޫ ދާއިރާއަށް ވާދަކުރައްވާނެކަމުގެ އިޝާރާތެއް ކުރައްވައިފިއެވެ.

އެމްއެންޕީގެ ނާއިބު ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ އަޙްމަދު ޝަރީފް މިއަދު މީސްމީޑިއާގައި ހިއްސާކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ސ.ހުޅުދޫ ދާއިރާގެ ގޮނޑި އާއިމެދު ވިސްނަންޖެހޭ ވަގުތު ކައިރިވެއްޖެކަމަށެވެ. އަދި އެދާއިރާ ތަމްސީލު ކުރައްވާނެ ފަރާތަކީ ބައެއްގެ ނުފޫޒުގެ ދަށުވެފައިވާ ފަރާތަކަށް ވެގެން ނުވާނެކަން ކަށަވަރު ކުރުން މުހިންމުކަން ޝަރީފް ފާހަގަކުރަށްވާފައިވެއެވެ.

"ހުޅުދޫ ގެ ގޮނޑި އެއީ ކޮންމެވެސް ސިޔާސީ ލީޑަރަކަށް ތަބާވާ އަޅަކު ހޫނުކުރާ ގޮނޑިއަކަށް މިފަހަރު ހަދައިގެން ނުވާނެ، ހުޅުދޫގެ ގޮނޑި ހުޅުދޫގެ ރައްޔިތުންގެ ބާރުހިނގާ ގޮނޑިއަކަށް މިފަހަރު ހަދަންވާނެ"



ޝަރީފްގެ އިތުރުން އެދާއިރާއަށް ކުރީގެ މެންބަރު މުޙައްމަދު ޝާހިދުވެސް ވާދަކުރައްވާނެކަން ވަނީ އިއުލާން ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން