ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހައްލު ހޯދުމަށް އެމްޑީޕީން ސްޕުރީމް ކޯޓަށް ދިޔައީ އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރަން މަގުފަހިކުރުމަށް ކަމަށް އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވެެއްޖެއެވެ.

ރާއްޖެޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވީ އިންތިހާބީ ރައީސް ހުވާކުރުމުގެ ޖަލްސާއަށް ހުރަސް އެޅުމުގެ ވިސްނުމެއް އެމްޑީޕީން ނުގެންގުޅޭ ކަމަށެވެ. އަދި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސްޕުރީމް ކޯޓަށް ހުށައެޅީ އިންތިހާބީ ރައީސް ހުވާކުރަން ޖެހޭ ތާރިހުގައި ހުވާކުރެވޭނެ ގޮތް ހޯދައިދިނުމަށް މަގުފަހިކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އެކަން، (އިންތިހާބީ ރައީސް ހުވާކުރުންް) އޮންނަންވާ ތާރިހުގައި އެކަން ކުރެވޭނެ ގޮތެއް ފަހިކުރުމަށްޓަކައި ކުރާ މަސައްކަތެއް. އަޅުގަނޑުމެން މިކަން މިހާރު މިކުރަނީ އިރާދަކުރެއްވިޔާ 17 ނޮވެމްބަރުގެ ކުރިން މިކަމަށް ހައްލެއް ލިބޭތޯ. އަދި އިތުރަށް މަޖިލީހުގައި ކުރަން ހުރި ބަޖެޓްގެ މަސައްކަތްތައް ކުރަން ޖާގަ ހޯދުމުގެ ގޮތުން މިމައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅައިގެން މިކަމަށް ހައްލެއް ލިބޭތޯ މަސައްކަތް ކުރަމުން މިދަނީ." އަލިފުށީ ދާއިރާގެ މެމްބަރު ވިދާޅުވިއެެވެ.

މީގެ އިތުރުން ބިގޭ ވިދާޅުވީ ރަައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ މުހިންމު އެއް ބާރު ކަމަށްވާއިރު އެބާރު އޮތީ ވަކިބަޔެއްގެ އަމިއްލަ މަސްލަހަތު އިސްކުރުމުގެ ސަބަބުން "ހިޞާރު" ވެފައި ކަމަށެެވެ. އޭނާ ވިދާޅުވީ ނަޝީދުގެ މައްސަލައިގައި ސްޕުރީމް ކޯޓުގެ ނިންމުމަށް އެމްޑީޕީން ފާޑުނުކިޔާނެ ކަމަށެވެ.

އެގޮތުން ކޮންމެ ނިންމުމެއް ސުޕްރީމް ކޯޓުން ނިންމި ނަމަވެސް އެމްޑީޕީން އެ ނިންމުމަށް އިހްތިރާމް ކުރާނެ ކަމަށް ބިގޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ސާލިޙުގެ އެދިވަޑައިގަތުމާއެކު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ވިސްނުމަކީ އިންތިހާބީ ރައީސް މުޢިއްޒުގެ ސަރުކާރަށް އެންމެ ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދިނުން ކަމަށެވެ.

އެހެން ނަމަވެސް މަޖިލީހުގެ މެޖޯރިޓީ މެމްބަރުން އިތުބާރު ނެތްކަމުގެ މައްސަލައެެއް ހުށައަޅާފައިވާ މަޖިލީހުގެ ރައީސްގެ މައްސަލަ ވަކިގޮތަކަށް ނިމިގެން ނޫނީ މަޖިލީހުގެ ތެރެއިން އެއްވެސް މަސައްކަތެއް ކުރުމަކީ މަޖިލީހުގެ ގަވާއިދު ތަންދޭ ކަމެއް ނޫން ކަމަށް ބިގޭ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ޙަސަނު

03-Nov-2023

މަޖިލީހުގެ ގަވާއިދާ ޚިލާފަށް މަޖިލީހުގެ ތަޅުމުގަ ކުރެވޭ ކޮއްމެ ކަމަކީ ބާތިލު ގާނޫނީ ބުރަދަނެއް ނެތްކަމެއް. ގައުމުމުގެ ރައީސު މަޖިލީހުގަ ހިވާކުރަން ޖެހޭނެ ކަމަށް އޮވެފަ މަޖިލީގުގެ ތަޅުމުގަ އެއްވެސް މަސައްކަތެއް ކުރެވޭނީ މަޖިލީހުގެ ރައީިސުގެ އިތުބާރު ނެތްކަމުގެ ވޯޓުގެ ކަންތައް ނިއްމާފަކަމަށް ވަރަށްސާފުކޮށް ލިޔެފައެބައޮތް. ގިނަ ރައްޔިތުން ގެވޯޓުން ގައުމުގެ ރައީސް ހޮވުނަސް އެގަވާއިދު ބަދަލެއްނުވޭ. އެމްޑީޕީ މަޖިލީހުގަ އޮތަސް ނެތަސް ނަޝީދު ރިޔާސަޔުގަ އިދެ މުއީޒުހުވާ ކުރާ ޖަލްސާ ސައްޚައެއް ނުވާނެ. ޤާނޫނުހެދިފައޮތީ އީވާ ޑިންގޫ ރަގަޅުވިދުވަހަކު ނަޝީދުބޭރިކުރާ ޖަލްސާބާއްވާފަ ރަޢިސް ހުވާކުރާ ޖަލްސާ ބޭއްވޭގޮތަށް.



ޓްރެންޑިން