އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި އަލިފާނުގެ ހާދިސާތަކެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ އައްޑޫސިޓީ ހިތަދޫ ކުޑަކުދިންގެ ޕާކު ކުރިމަތީގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެ، ނިއްވާލާފައިވާކަމަށެވެ.



މި ހާދިސާގެ މަޢުލޫމާތު، މިއަދު 16:55 ހާއިރު ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، ފަޔަރ ފައިޓަރުންގެ ޓީމެއް އެ ތަނަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިކަމަށާއި ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ރޯވި އަލިފާން ވަނީ ކުޑަ އިރުކޮޅެއްގެ ތެރޭގައި ނިއްވާލާފައިކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ފުވައްމުލަކު ސިޓީގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވީ ދިގުވާޑު އަވަށުގެ ޗަސް ބިމުގައެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު މިއަދު 14:00 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ޏ. ފުވައްމުލަކު ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ހަރަކާތްތެރިވިކަމަށެވެ،.

އެގޮތުން އެ ސަރަހައްދަށް ފަޔަރފައިޓަރުން ގޮސް ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން ނިއްވާލާފައިވަނީ މިއަދު 14:45 ހާއިރުކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.



މި ހާދިސާގައިވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން