އަހުމަދު މަސްނޫމް   4 ނޮވެމްބަރު 2023 - 1:28
ހުޅުމާލެ ގޮނޑުދޮށަށް ގިނަ އަދަދެއްގެ ތާރު ބޯޅަ ލައްގަމުން އަންނަކަން ސަމާލުކަމަށް އައިސްފައިވާކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

އީޕީއޭގެ އޮފިޝަލަކު ވިދާޅުވީ ހުޅުމާލޭގެ އިރުމަތީ ފަރާތު ގޮނޑުދޮށަށް ގިނަ އަދަދެއްގެ ތާރު ބޯޅަ ލައްގައިގެން އެކަން އެ އެޖެންސީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި ތާރުބޯޅަ ނަގައި ގޮނޑުދޮށް ސާފު ކުރުމަށް އާބަންކޯއަށް އަންގާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މޫދަށް އެޅޭ ތެލުން އުފެދިފައިވާ ތާރު ބޯޅަތަކެކެވެ. އެގޮތުން މޫދުގައި ހުންނަ ތެލަށް އިރުގެ އަލިކަން އެޅި ގިނަ ދުވަސް ވުމުން ބޯޅަތަކަކަށް ބަދަލުވެއެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ ބައެެއް ރަށްރަށަށް ތާރުބޯޅަ ލައްގައިގެން އީޕީއޭގެ ސަމާލުކަމަށް އައިސްފައިވެއެވެ. މިއީ ނުރައްކާތެރި އެއްޗެއް ނޫން ނަމަވެސް ހަންގަނޑުގައި ޖެހުމުން ކަހައި، ހިރުވުން ފަދަ ކަންކަން ދިމާވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


8

ޙހހހ

04-Nov-2023

ތާރުބޯޅަ އޭ....މނޖ ކޔ ބލ



ޓްރެންޑިން