ފަލަސްތީނުގެ ޙައްޤުގައި ދިވެހި އަންހެނުން މިއަދު މާލޭގައި ހިނގާލުމެއް ބާއްވައިފިއެވެ.

މިއަދު ހަވީރު މާލޭގައި ބޭއްވި މި ހިނގާލުމުގައި ބައިވެރިވީ ހަމައެކަނި އެކި އުމުރު ފުރާގެ އަންހެންކުދިންނާއި އަންހެނުންނެވެ. މި ހިނގާލުން ރާވާފައިވަނީ އިސްރާ އެސޯސިއޭޝަނާއި އެހެން ޖަމިއްޔާތަކާއި ގުޅިގެންނެވެ. ހިނގާލުން ކުރިއަށްގެންދިޔައީ ރަސްފަންނު ސަރަހައްދުން ފެށިގެން އާޓިފިޝަލް ބީޗާއި ހަމައަށެވެ.

އިޒްރޭލުން ފަލަސްތީން ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް ގޮވާލާ މި ހަރަކާތުގައި ވަރަށް ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވިއެވެ. އަދި މި ހިނގާލުމުގައި އެމީހުން ވަނީ ފަލަސްތީން މީހުންނަށް އިޒްރޭލުން ދެމުންގެންދާ އަނިޔާތައް ރަމްޒުކޮށްދިނުމަށް އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވެގެން ކަފުންކޮށްފައިވާ ކުޑަކުދިން ރަމްޒުކޮށްދޭ ތަކެތި ވެސް ބޭނުންކިށްފައެވެ. އަދި ހިނގާލުމުގެ ބައިވެރިން ވަނީ އިޒްރޭލާއި ދެކޮޅަށް އަޑު އުފުލައި ޝުޢޫރުތައް ލިޔެފައިވާ ޕޯސްޓަރުތަކާއި ފަލަސްތީނުގެ ދިދަވެސް ބޭނުންކޮށްފައެވެ.



މި ހަރަކާތް ނިންމާލުމުގެ ގޮތުން ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާވެރިންގެ ކިބައިން ނަސްރު ދެއްވުމަށް އެދި ދުޢާއެއް ކޮށްފައި ވެއެވެ.

7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ހުއްޓުމެއްނެތި ދެމުންގެންދާ އަނިޔާތަކުގައި ޝަހީދުވި ފަލަސްތީނުގެ ކުޑަކުދިންގެ އަދަދު 3600 އިން މައްޗަށް ވަނީ އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު


10

ސިން

04-Nov-2023

ފަލަސްދީނަށް އެހީވުމުގެއިތުރުން ހުރިހާމީހުން ފަތިސް ނަމާދުގެ ޖަމާއަތް ބޮޑުކޮށް ހުކުރުނަމާދައް މިސްކިއްތްތައް ފުރޭވަރައް ޖަމާއަތް ބޮޑުކޮއް މާތްރަސްކަލާންގެއައް ދުއާކުރުން މަތީ ދެމީތިބެންވީ އޭރުން އިރާދަކުރެއްވިޔާ މިކަމުން ސަލާމަތް ވެދާނެ އިންޝާއަލާހް



ޓްރެންޑިން