މަރިޔަމް ލަމްޙާ ރަޝީދު   4 ނޮވެމްބަރު 2023 - 4:40
ދިވެހިންގެ ކެއްކުންތަކުގައި ބޭނުންކުރާ އެންމެ އާއްމު ތަރުކާރީގެ ބާވަތަކީ ފިޔައެވެ.
ދިވެހިންގެ ކެއްކުންތަކުގައި ބޭނުންކުރާ އެންމެ އާއްމު ތަރުކާރީގެ ބާވަތަކީ ފިޔައެވެ.
ކެއްކުމުގައި އާއްމުކޮށް ބޭނުންވާ ދަޅުކާނާގެ ބާވަތްތައް މަސްދުވަހަށް ގަނެފައިބެހެއްޓުމަކީ ވަގުތު ސަލާމަތްކުރުމުގެ ގޮތުންނާއި އަދި ކޮންމެ ފަދަ ވަގުތެއްގައިވެސް އެބޭނުން ކުރުގެ ބޭނުމުގައި ބައެއް ދިވެހިން ކޮށް އުޅޭކަމެކެވެ. މިކަމަކީ ގޭތެރޭގެ ކަންކަން ރަނގަޅަށް އިންތިޒާމުކުރެވި ޚަރަދު ބެލެހެއްޓުމުގައިވެސް އެންމެ ފަސޭހަ އަދި ރަނގަޅުގޮތެވެ.

އެހެންނަމަވެސް ކާރޑުގެ ބާވަތްތަކާއި ދަޅުކާނާގެ ބާވަތްތައް މަސްދުވަހަށް ގެއަށް ވެއްދިކަމުގައި ވީނަމަވެސް ފިޔާއަލުވިފަދަ ތަރުކާރީއާއި ފަލަމަޑީގެ ބާވަތްތައް އަދި މޭވާގެ ބާވަތްތަކަކީ އެހާ ގިނަ ދުވަހު ބެހެއްޓުން ރަނގަޅުއެއްޗެއް ނޫނެވެ. ނަމަވެސް ބިޒީ ޝެޑިއުލްއެއްގައި އުޅެމުން އެކިފަހަރުމަތިން އަދި ކޮންމެ ދުވަހަކު ފިހާރައަށް ދިއުމަކީ އުނދަގޫކަމަކަށް ވާތީ ފިޔާފަދަ ހަލާކުވާ ތަކެތިވެސް އަޅުގަނޑުމެން ދިވެހިން އެއްފަހަރާ ގަނެލަނީއެވެ. މިގޮތަށް ކަންތައް ކުރަނީ އަދި އެއްފަހަރާ ތަކެތި ގަތުމުން ފަހުން ޖީބަށްވެސް ލުއިވެއެވެ. ނަމަވެސް ބައެއްފަހަރު މާގިނައިން ގަނެވޭ ތެކެތި ބޭނުންނުކޮށް އުކާލަންޖެހުމަކީ ހިތާމަވެރިކަމެކެވެ. ފިޔާ އަލުވި މިރުސް ފަދަ ތަކެތި ބޭނުންނުކޮށް ބައެއް ގޭގޭގައި ކޮންމެ މަހެއްގައިވެސް އުކާލަންޖެހެއެވެ.

އެހެންކަމުން އުކާލަން ތިޔަނަގާ ބައިގައި އިތުރަށް ބޭނުންކުރެވޭނެ އެއްވެސް އެއްޗެއް އޮތްތޯ ރަނގަޅަށް ބަލާލުމަކީ މުހިންމު ކަމެކެވެ. ބައެއް ކަހަލަ ތަރުކާރީއަކީ މޫލުމުން ކެއުން ރައްކާތެރި ނޫން ބާވަތްތަކެވެ. އަނެއް ބައިތަކެތި މޫލުމަކީ އަދި އެއްލާލަންވީ ސަބަބެއްވެސް ނުމެ ނޫންމެއެވެ. މޫލައި ކުރިފެޅުމަކީ އެބާވަތެއް ކެއުމަށް އެންމެ ރަނގަޅު ދުވަސްތައް ފާއިތުވެއްޖެކަން އަންގައިދޭ ކަމެކެވެ. ވަކިން ޚާއްސަކޮށް އަލުވި މޫލުމުން އިންސާނުން ކެއުމަށް އެހިސާބުން އެތަރުކާރީ ރައްކާތެރިއެއް ނުވާނެއެވެ. އަލުވިއަކީ ރޮލާކެއުމުންވެސް ހަށިގަނޑަށް ގެއްލުން ލިބިދާނެ ބާވަތަކަށް ވުމުން އަލުވީގައި މޫލުމުން ދެން އެކެއުމަކީ ސިއްޙަތަށް ނުރައްކާވެދާނެ ކަމެކެވެ.

ފިޔާގައި ކުރިލަނީ ކީއްވެ ހެއްޔެވެ؟

މިއީ ދެން އަޅުގަނޑުމެންގެ ހިތުތެރޭ އުފެދިދާނެ ސުވާލެވެ. މޫލައި ފިޔާ ބޮޑުވެ ހަރުވުމުން އޭތި ކޮންނަ ހިސާބުން ފެށިގެން ކުރިފަޅައި އޭގެސަބަބުން ތޮށިތައް ފާވުމާހަމައަށް އެތައް މަރުހަލާއެއް އެ ކަޑައްތު ކުރެއެވެ. މިގޮތުން ފިޔައިގައި ކުރިފެޅުމަކީ އެތަކެތީގެ އެންމެ އެތެރޭގައި ހިމެނޭ ބައި ފެހިވެ އޭގެ ތެރެއިން ކުރިލައި ދިގުކޮށް މަށްޗަށް ހެދޭހެން ތަނޑި ލުމެވެ. ނުވަތަ ނިރުފެޅުމެވެ. މިގޮތަށް އާއްމުކޮށް ފިޔައި އަވަހަށް މިމަރުހަލާއަށް ވަސިލުވަނީ ނުވަތަ ކުރިފަޅަނީ އެ ރައްކާކުރެވޭ މާހައުލުގެ ސަބަބުންނެވެ. ޖައްވު ތެތްކޮށް ހުންނަ ސަރަހައްދުތަކުގައި ނުވަތަ ވަރަށް ގަދަޔަށް އަވިދޭ ހޫނު ތަނެއްގައި ބަހައްޓައިފިނަމަ މިފަދަބާވާތައް އަވަހަށް މޫލައި ކުރިފަޅައެވެ.

ކުރި ފަޅާފައި ހުރުމުން ފިޔާ ކެއުން ރައްކާތެރިތަ؟

އަލުވިއާއި ޚިލާފަށް ފިޔާ މޫލުމުންވެސް ކެއުން ރައްކާތެރިވާނެއެވެ. ސަބަބަކީ ފިޔަޔާއި ފިޔާގައި ހެދޭ ނިރު އަދި ފިޔާގަހަކީވެސް އިންސާނުންގެ ހަށިގަނޑަށް ވިހަ މާއްދާއެއް އެކުލެވިގެންވާ އެއްޗަކަށް ނުވާތީއެވެ.

އަވަހަށް ކުރިނުފަޅާނެހެން

ފިޔާ ރައްކާކުރާނީ ކިހިނެއް؟


ގިނަދުވަހަށް ހަލާކުނުވެ ބެހެއްޓުމަށްޓަކައި، މާގަދަޔަށް ހޫނުވެ، އަވި ދޭ ތަންތަނުގައި ފިޔައި ރައްކާ ނުކުރުމަކީ ކުރެވިދާނެކަމެކެވެ. އަދި ވައިގައި ތެތްކަން ނުހުންނަ ފަދަ އަނދިރި ތަނެއްގައި ރައްކާކުރުމަށް ބެހެއްޓިދާނެއެވެ. ނަމަވެސް، ބަދިގެތެރޭގައި ބަހައްޓަން ބަލާއިރު ބަދިގެތެރޭ މާހޫނުގަދަނަމަ އެންމެ ރަނގަޅީ ފުރިޖުގައި ރައްކާ ކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން