ވެރިކަން ލިބުނު ގޮތާއި ވެރިކަން ހޯދަން ކުރި މަސައްކަތް ހަނދާން ނުނެތޭ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން މިހާރު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުގެ ތެރެއިން ރޭ ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެެވެ. ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އަބުދުއްރަޙީމް ވިދާޅުވީ ވެރިކަން ލިބުނު ގޮތާއި ވެރިކަން ހޯދަން ކުރި މަސައްކަތް ހަނދާން ނުނެތޭ ކަމަށެވެ. އަދި އެކަމުގައި އެއްބާރުލުން ދިން ފަރާތްތަކާއި އެކަމާ ދެކޮޅަށް ތެދުވި ފަރާތްތައް ވެސް ހަނދާނުން ނުފޮހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަބުދުއްރަޙީމް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ގެނައީ ރައީސް ޔާމީންގެ ވެރިކަން ނިންމަން ނިކުތް ބަޔަކު ދޮގު ވާހަކަތަކެއް ފަތުރައިގެން ކަމަށެވެ. އެގޮތުން އޭރު ޔާމީންގެ އިސްތަށިފުޅުގައި ނާޅުވާ އިލްޒާމެއް ނެތް ކަމަށާއި، އެ ވާހަކަތައް އެ ދުވަހު ދެއްކެވި ބޭފުޅުން މިއަދު ޕީޕީއެމް-ޕީއެންސީން ވެރިކަމާ ހަމައަށް އައުމުން ވެރިކަން ލިބުނު ގޮތް ހަނދާން ނެތުނަސް މި ވެރިކަން ގެންނަން މަސައްކަތް ކުރި ޓީމުން އެކަން ހަނދާން ނައްތާނުލާނެ ކަމަށް އަބުދުއްރަޙީމް ވިދާޅުވި އެވެ.

މީގެ އިތުރުން އެމްޑީޕީގެ ސަރުކާރެއް ގެނެސްގެން މި ގައުމު ސުންނާފަތި ކުރީ ކޮން ބައެއްކަން ހަނދާނުގައި އެބަހުރި ކަމަށާއި އެ މަންޒަރު މިއަދު ވެސް ލޮލަށް ފެންނަމުންދާ ކަމަށް އަބުދުއްރަޙީމް ވިދާޅުވި އެވެ.

އަބުދުއްރަޙީމް މި މޭރުމުން ވާހަކަ ދައްކަވާފައިމިވަނީ ޕީޕީއެމް-ޕީއެންސީ އަށް ލިބުނު ކާމިޔާބީ ދެމެހެއްޓުމަށްޓަކާ އެންމެން އެކުވެރިކަމާއެކު މަސައްކަތް ކުރަންޖެހޭ ކަމަށާއި ހެދޭނެ އެންމެ ބޮޑު ގޯހަކީ ކާމިޔާބީ ލިބުނު ގޮތް ހަނދާން ނައްތައިލުން ކަމަށް ކުރީގެ ނައިބް ރައީސް ޑރ. ޖަމީލް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ދަވާލާ

04-Nov-2023

ފިތުނަ ފަސާދަ އުފެއްދުން މިނޫހުގެ ދިރުމަކީ ، ޗޯރޭ އަތުން ބައިވަރެއް ލިބިއްޖެ ތާ ؟



ޓްރެންޑިން