ބުރާސްފަތި ދުވަހުން ފެށިގެން ކުޅުދުއްފުށީ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ހދ. ކުޅުދުއްފުށި / ލަންދޫގެ، އަބްދުﷲ އިބްރާހިމް (39އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ނޮވެމްބަރ 3 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

އަބްދުﷲ އިބްރާހިމް އެންމެ ފަހުން ފެނިފައިވަނީ ނޮވެމްބަރ 2 ވަނަ ދުވަހު ހެނދުނު ކުޅުދުއްފުށިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވެއެވެ.



އަބްދުﷲ އިބްރާހީމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނަށް އެންގުމަށް އެ މުއައްސަސާއިން އެދިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން