ފެލިދޫ ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ދަރަނީގެ ފައިސާ ނުދައްކާ ފަރާތްތަކަށް ކައުންސިލުގެ ޚިދުމަތްތައް ފޯރުކޮށްނުދިނުމަށް އެކައުންސިލުން ނިންމައިފިއެވެ.

ފެލިދޫ ކައުންސިލުން ކުރި އިއުލާނެއްގައިި ބުނީ އެކައުންސިލުން އެގޮތަށް ނިންމީ އެފަދަ ފަތާތްތަކުގެ އަތުން ފައިސާ ހޯދުމަށް ގިނަ ގުނަ މަސައްކަތްތަކެއްކޮށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައިނުވާތީއެވެ.

އެގޮތުން ދަރަނި އަދާކޮށް ނިންމަންދެން އެފަދަ ފަރާތްތަކާއި، އެފަރާތްތަކުގެ އަނބި، ފިރި އަދި ދަރިންނަށް ކައުންސިލުގެ އެއްވެސް ޚިދުމަތެއް ފޯރުކޮށް ނުދިނުމަށް ބުދަ ދުވަހު ބޭއްވި ކައުންސިލްގެ 29 ވަނަ އާއްމު ޖަލްސާއިން ފާސްކޮށްފައިވާ ކަމަށް މި އިއުލާނުގައި ބުނެފައި ވެއެވެ.

އަދި ހަމައެއާއެކު، މިނިންމުމާއި ގުޅިގެން ކައުންސިލަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ފައިސާ ދެއްކުމަށް އިތުރު 5 ދުވަހުގެ މުއްދަތެއް ދިނުމަށާއި، މުއްދަތުގެ ފަހުން ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓް ކޮންމެ މަހަކު އާއްމުކޮށް އިޢުލާންކުރަމުން ގެންދިއުމަށްވެސް ފެލިދޫ ކައުންސިލުން ނިންމާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ހުދުހުދު

04-Nov-2023

ކަނޑުކޮހުންނޭ ފައިސާ ނުދައްކައިފިނަމަ ޝަރީޢަތަށް ހުށަހަޅަން ޖެހޭނީ.



ޓްރެންޑިން