ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއި ސަރުކާރުން ވެސް ބޭ އިންސާފުން އެއްވެސް ކަމެއް ނުކުރާނެ ކަމަށް އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވެެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވީ ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ވެރިކަން ބަދަލުވެ އެމްޑީޕީގެ ހިނގަމުން މިދާ ސަރުކާރު ވެރިކަމާއި ހަވާލުވި އިންތިގާލީ މަރުހަލާގައި ނަހަމަގޮތުގައި ބޭ އިންސާފުން އެތައް ކަމެއް ކޮށްފައިވާ ކަމަށެވެެ.

އެގޮތުން އާ ސަރުކާރު ހުވާކުރުމަށް އެއް ދުވަސް ކުރިން ވެސް ފުލެޓާ ގޯތި ބަހައި ހަދާފައިވާ ކަމަށް ބިގޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ސާލިޙާއި މި ސަރުކާރުން އިންސާފުން ބޭރުން އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ. އަދި ވަޒީރުންނާއި ދައުލަތުގެ މުވައްސަސާތަކުގެ ވެރިން ވެސް އެފަދަ ކަމެއް ކުރަން ބޭނުންނުވާނެ ކަމަށާއި ބޭއިންސާފު ކަމަކަށް ޖާގަ ވެސް ނުދޭނެ ކަމަށް ބިގޭ ވިދާޅުވިއެވެ.

"އެއީ އަޅުގަނޑުމެން ތަރުބިއްޔަތުވެފައި ތިބި ގޮތެއް ވެސް ނޫން. އެމްޑީޕީ އެމްޑީޕީގެ ގޮތުގައި އެކަން ކުރަން ބޭނުންވާނެ ގޮތެއް ވެސް ނޫން. އަޅުގަނޑު ގަބޫލެއް ނުކުރަން އަލަށް އިންތިހާބުވެވަޑައިގެންނެވި ޕާޓީގެ ފަރާތުން ސްޕޯކްސްޕާސަން ކޮންމެ ފަދަ އެއްޗެއް ވިދާޅުވި ނަމަވެސް މި ސަރުކާރުން މިހާރު މި އޮތް އިންތިގާލީ ވަގުތުކޮޅުގެ ތެރޭގައި ރައީސް ނިސްބަތްވެވަޑައިގަންނަވާ މިހާރު މި އޮތް އެމްޑީޕީގެ ސަރުކާރުގެ ތެރެއިން އެކަހަލަ ބޭ އިންސާފު އަމަލުތަކެއް ކުރައްވަފާނެ ކަމަކަށް." ބިގޭ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން