ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ތައުޒިޔާގެ މެސެޖެއް ނޭޕާލުގެ ޚާރިޖީ ވަޒީރަށް ފޮނުއްވައިފިއެވެ.

ނޭޕާލުގެ ހާރިޖީ ވަޒީރު ނާރަޔަން ޕްރަކާޝްއަށް ޝާހިދު ތައުޒިޔާގެ މެސެޖެއް ފޮނުއްވީ އެ ޤައުމަށް ރޭ އައި ބިން ހެލުމާއި ގުޅިގެނެވެ.

ޝާހިދުގެ މެސެޖުގައި ވަނީ ބިން ހެލުމާއި ގުޅިގެން އެތައް ބަޔަކު މަރުވެ، އެތައް ގެއްލުންތަކެއް ލިބުމާއި ގުޅިގެން ހިތާމަ ފާޅުކުރަށްވައި، ތައުޒިޔާ ފޮނުއްވައިފައެވެ.



ޝާހިދުގެ މެސެޖުގައި ވަނީ ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ރައްޔިތުންގެ ނަމުގައި ބިން ހެލުމުގައި ސީދާގޮތުންނާއި ނުސީދާކޮށް ގެއްލުން ލިބުނު ނޭޕާލްގެ ރައްޔިތުންނަށް ތައުޒިޔާ ދަންނަވާފައެވެ.

ރޭ ދަންވަރު 6.4 މެގްނިޓިއުޑްގެ ބާރުމިނުގައި ނޭޕާލަށް އައި މި ބިންހެލުމަކީ 2015 ވަނަ އަހަރަށް ފަހު ނޭޕާލަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ 140 އަށްވުރެ މައްޗަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން