މިދިޔަ ފަސް އަހަރު މި ސަރުކާރުން އައްޑުއަށް ގެނެސްފައި ވަނީ "މަދިރިފެންގަނޑުގެ ތަރައްގީ" ކަމަށް މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މަޖިލީސް މެންބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ވިދާޅުވެއްޖެއެވެ.

ޓޮމް މިފަދައިން ވިދާޅުވީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން އައްޑޫ ސިޓީއަށް ކުރި ދަތުރުގައި ހިތަދޫގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އައްޑު އަތޮޅު ރައްޔިތުންނާއި މުހާތަބުކުރައްވަމުން ތޯރިގު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައީ އައްޑޫ ތަރައްޤީކުރުމުގެ ވައުދުތަކާއިއެކީގައި ކަމަށެވެ. އަދި އައްޑޫ ތަރައްޤީ ނުވެ، ޤައުމުގެ އެހެން ހިސާބެއް ތަރައްޤީނުވާނެ ކަމަށް އެމްޑީޕީން 2018 ވަނަ އަހަރާއި ނިމިިދިޔަ އިންތިޚާބުގެ ކެމްޕެއިންގައިވެސް ބުނެފައިވާ ކަމަށް ޓޮމް ވިދާޅުވި އެވެ. އެހެން ނަމަވެސް، އައްޑޫއަށް ވަޑައިގަތުމުން "ތަރައްޤީ ވެފައިވާ ވަރު ފެނިގެން" ދިޔަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އައްޑޫ ތަރައްޤީވެފައިއޮތް ގޮތް މި އެނގެނީ މި އަތޮޅަށް އައީމަ. އައްޑޫއަށް ގެނެވިފައި އޮތީ މަދިރިފެންގަނޑު ތަރައްޤީ. އިތުރު ތަރައްޤީއެއް އައްޑޫއަށް އައިސްފައި ނެތް. ކޮންމެ ގެއަކުން ނުކުންނައިރު، އެ ގެގޭ ދޮރުމަތީގައި މަދިރިފެންގަނޑެއް އެބައޮތް ހަދާފައި. އެ ނޫން ތަރައްގީއެއް ރައީސް ސޯލިހަށް ފަސް އަހަރު ދުވަހުގެ ތެރޭގައި މި ސިޓީއަށް ގެނެވިފައެއް ނެތް." ތޯރިގް ވިދާޅުވިއެވެ.

އެހެންކަމުން، އައްޑޫ ސިޓީ އެމްޑީޕީގެ އައްޑާ އަކަށް ވެފައިއޮތް އޮތުން ކުރިއަށް މިއޮތް މަޖިލީސް އިންތިޚާބުގައި ބަދަލުކުރަން އެ ސިޓީގެ ރައްޔިތުން މަސައްކަތްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން