ޕާޓީ ތެރޭގައި ފިތުނަ ފަސާދައަށް ޖާގަ ނުދެއްވުމަށް ޕީއެންސީގެ ޗެެއާޕާސަން އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ޕާޓީގެ މެންބަރުންނަށް ގޮވާލައްވައިފިއެވެ.

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރުމަށް ޕީޕީއެމް/ ޕީއެންސީގެ ލީޑާޝިޕުން އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުގައި ހިތަދޫގައި މިއަދު ބޭއްވި ބައްދަލުވުމުގައި، ޕީޕީއެމް-ޕީއެންސީ ކޯލިޝަން ބައިބައިވާން އުޅޭ ކަމުގެ ވާހަަކަތައް ދޮގުކުރައްވަމުން އަދުރޭ ވިދާޅުވީ ރައްޔިތުން މިހާޜު އޮތް ސަރުކާރު ބަދަލުކުރުވީ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ. އެހެންކަމުން، ޕީޕީއެމް-ޕީއެންސީ ތެރޭގައި ފަސާދައާއި ބައިބައިވުން އުފެދޭ ވާހަކަތަކަށް ނުހެއްލުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި ފިތުނަ ފަސާދައަށް ޖާގަނުދެއްވާށޭ. އަޅުގަނޑުމެންގެ ޕާޓީ ބައިބައިކޮށް ރޫޅައިލުމުގެ ފުރުސަތު އެއްވެެސް ފަރާތަކަށް ނުދެއްވާށޭ. އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން މި ގާއިމްކުރި ސަރުކާރު ބަލިކަށިވާނެ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާށޭ،" އަދުރޭ ވިދާޅުވިއެވެ.



އެފަދަ ބޭކާރު ވާހަކަތަކަކީ ބަޔަކު ޕާޓީ ބަލިކަށި ކުރުވަން ދައްކާ ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، މީގެ ކުރީގައިވެސް ފީޕީއެމް-ޕީއެންސީ ރޫޅޭނެހެން ހީވި ދުވަސްވަރެއް އައިއިރުގައިވެސް ޕާޓީގެ މެންބަރުން ދެއްކެވި ސާބިތުކަމުން އެ ގޮންޖެހުންތަކުން އަރައިގަނެވުނު ކަމަށްވެސް އަދުރޭ ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން