ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީއަށް ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ލިބިއްޖެއެވެ.

ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަނަކީ އިނގިރޭސި ވިލާތުގެ ކޮލިޓީ އެޝުއަރެންސް އެޖެންސީން ހިންގާ އިންޓަނޭޝަނަލް ކޮލިޓީ ރިވިއުއަކަށްފަހު ދެވޭ އެކްރިޑޭޓަޝެނެކެވެ.

ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ މި އެކްރެޑިޓޭޝަނަކީ އިލްމީ ފެންވަރާއި، ދުނިޔޭގެ މިންގަނޑު ތަކަަށް އެ މުއައްސަސާއިން އަހަންމިއްޔަތުކަން ދޭ ކަމުގެ ވަރަށް ބޮޑު ދަލީލެއް ކަމަށާއި މި އެކްރެޑިޓޭޝަނަކީ ފަސް އަހަރުގެ މުއްދަތަކަށް ސައްހަ އެއްޗެއް ކަމަށެެވެ.

"މި ޕްރޮސެސްގަ އަޅުގަނޑުމެންގެ އެކަޑަމިކް ޕްރޮގްރާމްތަކާއި، ފެކަލްޓީތަކާއި، ޔުނިވާސިޓީގެ ގަވާނަންސްއާއި، އިންފްރާސްޓްރަކްޗާ އަދި ސްޓޫޑަންޓް ސަޕޯޓް ސާވިސެސްގެ ފުރިހަމަ ރިވިއުއެއް ވަނީ ބައްލަވާފަ." ޑރ. ޝަރީފް ވިދާޅުވިއެވެ.



ގައުމީ ޔުނިވާސިޓީން ބުނީ މިއީ އައިކިއުއާރުގެ ވަރުގަދަ މިންގަނޑުތައް ކާމިޔާބުކަމާއެކު ފުރިހަމަ ކުރާ ބައިނަލްއަގްވާމީ މުއައްސަސާތަކަކަށް ދޭ އެކްރެޑިޓޭޝަނެއްކަމަށެވެ. އަދި މި އެކްރިޑޭޝަން ލިބުނީ ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ ވަރަށް ހަރުކަށި އަދި ފުރިހަމަ އިވަލުއޭޝަނަކަށްފަހު ކަމަށްވެސް އެމްއެންޔޫއިން ބުނެއެވެ.

އެމްއެންޔޫއިން ބުނީ މި އެކްރެޑިޓޭޝަންގެ ސަބަބުން އެމްއެންޔޫއަކީ ކިއުއޭއޭ ކޮމިއުނިޓީގެ ބައިނަލްއަޤްވާމީ މެންބަރަކަށްވެސް ވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން