ފަަލަސްތީނުގެ މައްސަލައިގައި އެމެރިކާއާއި، އިނގިރޭސިވިލާތް އަދި އިންޑިއާގެ އެމްބަސީ ކުރިމަތީގައި އިހުތިޖާޖު ކުރުމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) ޚިޔާލެއް ޘެއްވައިފިއެވެ.

އިބްރާ ވަނީ އިޒްރޭލުން ފަލަސްތީނުގެ ކުށެއް ނެތް ޢާންމުންނާއި ދޭތެރޭ ބޮޑު ލާއިންސާނީ ޖަރީމާއެއް ހިންގަމުންދާއިރު އެކަމަށް އެމެރިކާއާއި އިނގިރޭސިވިލާތުން ވާގިދޭއިރު މުޅި ދެކުނު އޭޝިއާ ތެރެއިން އެކަމާއި ދެކޮޅަށް ބަސް ނުބުނާ އިންޑިއާއި މެދު ދިވެހިން ހިތްހަމަނުޖެހުން އޮތް މިންވަރު ހާމަކުރަން ގޮވާލައްވާފައެވެ. އެގޮތުން އެޤައުމުތަކުގެ ސަފީރުންގެ އޮފީސްތައް ކުރިމައްޗަށް ފަލަސްތީނުގެ ދިދަ ހިފައިގެން އެއްވުމަށް އޭނާ ޚިޔާލު ދެއްވާފައިވެއެވެ. އަދި އެކަމުގައި އޭނާއާއި އެއްކޮށް ބައިވެރިވާނެ ބަޔަކު ތިބިތޯ ސުވާލު ކުރައްވާފައި ވެސް ވެއެވެ.





7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާ ތަކުގައި ޝަހީދުވީ މީހުންގެ އަދަދު ވަނީ 10 ހާހަށް އަރާފައެވެ.



ކިޔުންތެރިންގެ ހިޔާލު


10

ޢަލީ ފްރާންސް

05-Nov-2023

ތިޔަކަމައްތައްޔާރު.. އިޒްރޭލް ތާއީދު ކުރާ ހުރިހާ ގައުމެއްގެ އެމްބަސީ ކުރިމަތީގައި އިހްތިޖާޖު ކުރަންވ.ި



ޓްރެންޑިން