ފާޅުގައި ހިންގާ ކޮރަަޕްޝަނަށް އަލަށް އިންތިޚާބުވީ ސަރުކާރުން ހައްލު ހޯދަން އެބަޖެހޭ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނައިބު ރައީސް އަޙްމަދު ޝަރީފް (ސައިރިކްސް ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ ކުރިންވެސް، މިހާރުވެސް ސަރުކާރުން ދޫކުރާ ފްލެޓް، ބިން އަދި ޕްރޮޖެކްޓްތަކާއި މަޤާމް ދެމުންގެންދަނީ ރައްޔިތުންގެ މަޖިލީހާއި މެންބަރުން ގުޅިގެން ކަމަށެވެ. ސަރުކާރު ތެރޭގައި ފާޅުގައި ކޮރަޕްޝަން ހިންގުން ޢާންމުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން ރާއްޖޭގެ ތަރައްޤީއަށް ހުރަސް އެޅިފައިވާ މި "ބަލިމަޑުކަމަށް" ހައްލެއް ގެނެސްދިނުމަށް ޝަރީފު ވަނީ އަންނަން އޮތް ސަރުކާރަށް ގޮވާލައްވާފައެވެ.



ޝަރީފް މިފަދައިން ވިދާޅުވީ އިއްޔެގައި ޢާންމުކުރި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ޕޮެއިންޓް ލިބުނު ގޮތް އެނގެން ނެތުމުން ޢާންމުން އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

މި މައްސަލައިގައި ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ 4000 ފުލެޓު ހަވާލުކުރުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން މިއަދު ވަނީ އަންގައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން