މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފް ކޯސްޓްގާޑް ޓްރެއިނިންގ ސްކޫލުން ހިންގާ ތަމްރީނު ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމް ފެށުމުގެ ގޮތުން ގިރިފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ސީއީއޯ، ޝާޙިދު ޢަލީއެވެ. މި ތަމްރީނު ޕްރޮގްރާމްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ 20 މުވައްޒަފަކު ބައިވެރިވެފައިވެއެވެ.



ނޮވެންބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން ހަތަރު ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި ބައިވެރިންނަށް އުނގަންނައިދޭ ބައިތަކުގެ ތެރޭގައި ފަޔަރ ސޭފްޓީ އެންޑް އިމަޖެންސީ މެނޭޖްމަންޓް، ސެލްފް ޑިފެންސް ޓެކްނީކްސް، އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީޒް ސެކިޔުރިޓީ (އައިއެސްޕީއެސް) ކޯޑް، ސޭފްޓީ އިން ވޯކިންގ އެންވަޔަރަމަންޓް، ފަސްޓް އެއިޑް، ސެކިޔުރިޓީ އިކުއިޕްމަންޓްސް، ފިޒިކަލް ޓްރެއިނިންގ އެންޑް ވޯޓަރމަންޝިޕް، ރޭޑިއޯ ކޮމިއުނިކޭޝަން، ސެކިޔުރިޓީ ޓެކްނީކްސް އެންޑް ޕްރޮސީޖަރސް އަދި ކޯޕަރޭޓް އެންވަޔަރަމަންޓް ހިމެނެއެވެ.



މި ތަމްރީނު ޕްރޮގްރާމަކީ ސީ ޕޯޓް ސެކިޔުރިޓީގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ބޭނުންވާ ހުނަރާއި ޢިލްމު އުނގަންނައިދީ ޕްރައިވެޓް ސެކްޓަރގައި ހަރުދަނާ ސެކިޔުރިޓީ އޮފިސަރުން އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެކެވެ. މި ކޯހުގައި ކިޔަވައިދެއްވާނީ ކޯސްޓްގާޑުގެ ކަމާބެހޭ ދާއިރާތަކުގެ ސިފައިންނެވެ.

މި ކޯސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ރިޒްމީ ވަލީދާއި، އެމްޕީއެލްގެ ސީއީއޯ، އަލްފާޟިލް ޝާހިދު ޢަލީގެ އިތުރުން ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން