އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހުރިއްޔާ ކަމުގެ މަގާމުގެ ހުވާކުރއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދައުވަތު ފޮނުއްވައިފިއެވެ.

ޑރ. މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރަށް ދައުވަތު ފޮނުއްވާފައިވާކަން އިންޑިއާގެ ނޫސްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

އިންތިހާބީ ރައީސްގެ އޮފީހުންވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. އެގޮތުން އަވަށްޓެރި ގައުމުތަކުގެ ވެރިންނަށް ދައުވަތު ފޮނުއްވި ފަދައިން އިންޑިއާގެ ބޮޑުވަޒީރަށްވެސް ވަނީ ދައުވަތު ފޮނުއްވާފައިކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެއެވެ.

މޯދީ ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ރައީސް އިބްރާހީމު މުހައްމަދު ޞާލިޙް ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. ނަމަވެސް މިފަހަރު މޯދީ ބައިވެރިވެވަޑައިގަންނަވާނެކަން ޔަގީނެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން