މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައާރަފުކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް، "ފަވަރަ" ގައި އިތުރު ދެ ބޭންކުން ބައިވެރިވެއްޖެއެވެ.

މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް (އެމްޕީއެސްޑީ) މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ އައިޕީއެސް - ފަވަރަގެ ޕާޓިސިޕޭޝަން އެގްރީމަންޓްގައި އެމްއެމްއޭ އާއިއެކު އިއްޔެ އަލަށް ސޮއިކުރި ދެ ބޭންކަކީ ބޭންކް އޮފް ސިލޯން (ބީއޯސީ) އާއި ދަ މޮރިޝަސް ކޮމާޝަލް ބޭންކް ޕްރައިވެޓް ލިމިޓެޑް (އެމްސީބީ)އެވެ.





ޔޫޒަރ އެކްސެޕްޓެންސް ޓެސްޓިންގ ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު، އެއްބަސްވުމުގައި ސޮއިކުރި ބޭންކުތަކުން ޕައިލެޓް ޓެސްޓިންގ ފަށާނީ 8 ނޮވެމްބަރުން ފެށިގެންނެވެ.

ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ބޭންކުތަކުން ޕައިލެޓް ޓެސްޓިން ފުރިހަމަކޮށް ފަވަރަގެ ބައިވެރިންނަށް ވުމަށްޓަކައި ބޭނުންވާ ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައިދޭނެ ކަމަށް އެމްއެމްއޭއިން ބުނެފައި ވެއެވެ.

ފަވަރައަކީ މާލީ ނިޒާމާއި ބީރައްޓެހި ފަރާތްތަކަށާއި، ބޭންކް އެކައުންޓެއް ނެތް ފަރާތްތަކާއި، އަދި ރާއްޖޭގެ ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީނަމަވެސް، މި ސިސްޓަމް މެދުވެރިކޮށް ހިނގާ ކޮންމެ މުއާމަލާތެއްގެ ފަސޭހަތައް އެއްހަމައެއްގައި ލިބިދިނުމަށް މަގު ފަހިވާގޮތަށް ފަރުމާކޮށްފައިިވާ ސިސްޓަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން