ޣައްޒާއަށް ނިއުކްލިއާ ހަމަލާދިނުމަކީ އިޚްތިޔާރެއް ކަމަށް ބުނެ އިސްރާއީލު ސަރުކާރުގެ މިނިސްޓަރަކު ދާދިފަހުން ދެއްކި ވާހަކަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

އިޒްރޭލުގެ ހެރިޓޭޖް މިނިސްޓަރ އަމީހައި އެލިޔާހޫ ވަނީ ވަރަށް ފަހުން އިޒްރޭލުގެ ރޭޑިއޯއަކަށް ދެއްވި އިންޓަވިއުއެއްގައި ޣައްޒާއަށް ނިއުކްލިއާ ހަމަލާ ދޭން ހިތްވަރުދީ ވާހަކަދައްކްފައެވެ. އޭނާގެ އެ އަމަލާއި ގުޅޭގޮތުން ދިވެހި ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ އިޒްރޭލުން މިހާރުވެސް ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އުރެދި، ކުށެއްނެތް ޢާންމުންނާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ދަނޑިވަޅެއްގައި މިފަދަ ވާހަަކައެއް ދެއްކުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއްކަން ފާހަގަކޮށްފައެވެ.

"ބައިނަލްއަގްވާމީ ގާނޫނުތަކާ ފާޅުކަން ބޮޑު ގޮތެއްގައި ހިލާފުވާފަދަ ގޮތަކަށް ދެއްކި މި ވާހަކަތަކާއި ދެކޮޅަށް އިސްރާއީލު ސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާތީ ކަންބޮޑުވަން. ފަލަސްތީނުގެ މީހުންގެ ފުރާނައަށް ނުރައްކާވާ މިފަދަ ވާހަކަތަކާ މެދު ބައިނަލްއަގްވާމީ މުޖުތަމައުން ހަރުދަނާ ފިޔަވަޅެއް އެޅުމަށް ގޮވާލަން." ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ފަލަސްތީނުގެ ކުށެއްނެތް އާންމުންނަށް ދޭ ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އަވަސް ފިޔަވަޅު އެޅުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ހުރަހެއް ނެތި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ފުރުސަތު ދިނުމަށާއި ހަނގުރާމަ ހުއްޓާލުމަށްވެސް ދިވެހި ސަރުކާރުން ގޮވާލާފައި ވެއެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން