އިޒްރޭލުން ފަލަސްތީނުގައި ކުރަމުންދާ ހަނގުރާމައިގައި އިސްލާމްދީނަށްޓަކައި ޖިހާދުވުމަށް ދިވެހިންތަކެއް ދިޔަކަމަށް ބުނާ މައްސަލައެއް ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރުން ބަލަން ފަށައިފިއެވެ.

މި މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައީ އަހުމަދު ފިރާޒް ނަމަކަށް ކިޔާ މީހެއްގެ ފޭސްބުކް ހޭންޑްލްއެއްގައި ތިން ދިވެއްސަކު ޖިހާދަށް ފަލަސްތީނަށް ދަތުރުކުރި ކަމަށް އާންމުކުރުމުންނެވެ. އެ ޕޯސްޓްގައި ބުނެފައިވާ ގޮތުގައި ތިން ދިވެއްސަކު ވަނީ ފަލަސްތީނަށް ދިއުމަށްޓަކައި އުރުދުންއަށް އެތެރެވެފައެވެ.

މިކަމާއި ގުޅޭގޮތުން މީޑިއާއަކަށް މަޢުލޫމާތު ދެމުން އެންސީޓީސީއިން ބުނީ މިހާރު އެ އިދާރާއިން ދަނީ އެމައްސަލަ ބަލަމުން ކަމަށެވެ. އަދި ފޭސްބުކު ޕޯސްޓު ކުރި އައިޑީ ވެރިފައިކޮށް، މައްސަލަ ބަލަން ފަށާފައިވާކަމަށް އެ އިދާރާއިން މަޢުލޫމާތުދީފައި ވެއެވެ.

ޣައްޒާގައި ފަލަސްތީންގެ ރައްޔިތުން އިޒްރޭލުގެ އަނިޔާވެރި ހަމަލާތައް ތަހައްމަލުކުރަމުންދާތީ ދިވެހިންގެ ތެރެއިން ބައެއް މީހުން ދަނީ މީސް މީޑިއާގައި ޖިހާދަށް ދިއުމަށް ހިތްވަރުދެމުންނެވެ.

ޚާއްސަ ހުއްދައަކާއި ނުލާ ހަނގުރާމަވެރި ސަރަހައްދަކަށް ނުވަތަ ޤައުމަކަށް ދިޔުމަކީ ރާއްޖޭގެ ޤާނޫނު އަސާސީ މަނާކުރާ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު


4

ނުބުނާނަން

07-Nov-2023

ދާންވީ ހަމަ. ދީނަށްޓަކައި ޖިހާދަށް ދާންވީމަ ހުއްދަ ނުދެނީ އެކަމަކު އެއްޖިއްންސުން ގުޅުން ހިންގާފަ އެކަމާ އާއްމު ރައްޔިތުން އެކަން ކުރިމީހަކާ ދެކޮޅަށް ނިކުތީމަ އެމީހަކަށް ހިމާޔަތް ދީފަ ފިލަން އެކި ގައުމި ތަކަށް ފޮނުވާނެ. ބަލަ މަޙުޝަރު ބިމުގަ މި ޢުއްމަތުގެ ހުރިހާ މުސްލިމުންނާ ސުވާލު ވެވޭނެއޭ. މުސްލިމުންގެ ފުރަތަމަ ޤިބްލަ ހިމާޔަތް ކުރުމަށް މުސްލިމުންތަކެއް ޔަހޫދީންދެމުން އެގެންދާ އަނިޔާގައި ޝަހީދު ވަމުން ދާއިރު ބަލަހައްޓައިގެން މިތިބެނީ.


-3

ރަޒީ

07-Nov-2023

ބަލަ.ގަމާރުންނޭ ޤުރުއާނުގަ އެގޮތައް އޮތީމަ އެދިޔައީ އެ ފޮތައްވުރެ ވަލުކުއްތާ ހަދާ ގުއި އަސާސީ މަތިވެރި ވާނީ ކަލޭމެންނަށް.


4

ނޫރު

06-Nov-2023

މިމީހުން އެތެރެވެފައިވަނީ ބޭރަށް އެހީފޮނުވުމުގެ ނަމުގަ. ފަލަޞްޠީނުގައި ޖިހާދު ނެތްކަމަށް ޢިލްމުވެރިން ވިދާޅުވޭ


7

ނޫރު

06-Nov-2023

މިމީހުން އެތެރެވެފައިވަނީ ބޭރަށް އެހީފޮނުވުމުގެ ނަމުގަ. ފަލަޞްޠީނުގައި ޖިހާދު ނެތްކަމަށް ޢިލްމުވެރިން ވިދާޅުވޭ


0

އޭށް

06-Nov-2023

މީ ވަރަށް ދެރަކަމެއް ދިވެހި ދައުލަތް ދޭހަވަނީ ބަހާ އަމަލާ ދިމާނުވާ ސަރުކާރެއްގެ ގޮތުގަ. ދީނުގަ މިކަން އޮތްގޮތް ސާފުކޮށް ދިނުމަށް ދީނީ އިލްމުވެރިން އެއްވެސް ކޮޅަކަށް ނުޖެހި ސާފުކޮށްލަދީބަލަ



ޓްރެންޑިން