ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު މާލެ މޭޔަރުކަމަށް ވާދަކުރެއްވުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތާއީދު ލިބިވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް އެކަމަނާ ޝުކުރު އަދާކުރައްވައިފިއެވެ.

މަޝްހޫރު ގާނޫނީ ވަކީލު އާޒިމާ މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރެއްވުމަށް ޑރ. މުއިއްޒު ތާއީދު ކުރައްވާކަން ހަމާމަވީ އާޒިމާ އެކަން އާންމުކުރަށްވައި ކުރެއްވި ޓްވީޓް ޑރ. މުއިއްޒު ރީޓްވީޓް ކުރެއްވުމުންނެވެ. އާޒިމާ ވަނީ ޑރ. މުޢިއްޒުގެ ވައުދުތައް ފުއްދަވައިދެއްވައި ދިވެހިންނަށް ކުރިއެރުން ގެނެސްދެއްވުމަށް މަަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.



އާޒިމާ ވަނީ މާލެ ސިޓީ ކައުންސިލުގެ މޭޔަރކަމަށް ކުރިމަތިލައްވަން ޕީޕީއެމް-ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.

މިވަގުތު އާޒިމާއާއި އެއްކޮށް މާލޭގެ މޭޔަރު ކަމަށް ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވާނީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދެވެ. މިމަހުގެ 17 ވަނަ ދުވަހު ހުސްވާ މާލެ ސިޓީގެ މޭޔަރުގެ ގޮނޑިއަށް ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވަނީ މިވަގުތު 4 ބޭފުޅުންނެވެ. އާޒިމާއާއި ޙުސައިން ވަހީދު ޕީޕީއެމް-ޕީއެންސީ ޓިކެޓްގައި ވާދަކުރައްވާއިރު، މާލެ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހުއާއި މިހާރުގެ ޔޫތު މިނިސްޓަރވެސް މޭޔަރުކަމަށް ވާދަކުރަށްވާނެކަން ވަނީ އިއުލާން ކުރައްވާފައެވެ. ސައިފް ވާދަކުރައްވާނީ ޑިމޮކްރެޓްސްގެ ފަރާތުންނެވެ. އަދި މަހްލޫފު ވާދަކުރެއްވުމަށް ހަމަޖެހިފައިވަނީ އެމްޑީޕީގެ ފަރާތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން