ހދ.ނޮޅިވަރަންފަރު އިސްމެޖިސްޓްރޭޓް ޢަލީ އަޙްމަދަށް ފިޔަވަޅު އެޅުމަށް ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ ހދ. ނޮޅިވަރަންފަރު އަދި ހދ.ނޮޅިވަރަން ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޖިނާޢީ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާކަން ތަޙުޤީޤަށް ހޯދާފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމަށެވެ. އަދި މި މައްސަލަތައް ޝެޑިއުލްކޮށް އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދެވޭކަމަށް ސާބިތުވެފައިވާކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ މެޖިސްޓްރޭޓް ޢަލީ އަޙްމަދުގެ މި ޢަމަލުތަކަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކޮށްފައިވާ ޢަމަލުތަކެއްކަމަށެވެ.

ޖޭއެސްސީން ބުނީ ޖުޑީޝަލް ސަރވިސް ކޮމިޝަ2023 ނޮވެންބަރު 01 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ މިއަހަރުގެ 70 ވަނަ ޖަލްސާގައި ނިންމާފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން