ޒަހީނުއްދީން ސަޢީދު   6 ނޮވެމްބަރު 2023 - 22:50
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ޔޫއޭއީއަށް ފުރާވަޑައިގެންފިއެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބުނީ ޔޫއޭއީގެ ސަރުކާރުގެ ދައުވަތަކަށް ރައީސް ޑރ. މުޢިއްޒު އަބޫ ދާބީއަށް ފުރާ ވަޑައިގެންފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅުގެ ޚަރަދުތައް ހަމަޖައްސަނީ ޔޫއޭއީ ސަރުކާރުން ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެފައި ވެއެވެ. ނަމަވެސް ދަތުރުފުޅާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެއޮފީހުން ހިއްސާކޮށްފައެއް ނުވެއެވެ.

އިންތިހާބީ ރައީސް، ޑރ. މުޢިއްޒު އަބޫ ދާބީ އަށް ފުރާ ވަޑައިގެންފައިވާއިރު، އެމަނިކުފާނު މިދިޔަ ހަފުތާގައި ވަނީ ސިންގަޕޫރަށްވެސް ދަތުރުފުޅެއް ކުރައްވާފައެވެ. އިންތިހާބީ ރައީސް މުއިއްޒު ހުވާކުރަށްވާނީ މިމަހުގެ 17 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޖުމުހޫރީ މައިދާނުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން