އަހުމަދު މަސްނޫމް   6 ނޮވެމްބަރު 2023 - 23:43
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފު، ކަސްޓަމްސްއިން ރިޓަޔަރކުރައްވައިފިއެވެ.

އަބްދުﷲ ޝަރީފް، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ، 2020 ވަނަ އަހަރުގެ ޖޫންމަހުގެ 23 ވަނަ ދުވަހުއެވެ. ކޮމިޝަނަށް ޖެނެރަލްގެ މަޤާމަށް ޝަރީފު އައްޔަން ކުރެއްވީ، އެ މަޤާމުގައި ހުންނެވި އަޙުމަދު ނުޢުމާން އަވަހާރަވުމާއި ގުޅިގެނެވެ.



28 އަހަރުގެ މުއްދަތަކަށް ޚިދުމަތްކުރެއްވުމަށްފަހު ޝަރީފް ރިޓަޔަރކުރުން ކަސްޓަމްސްއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އޭނާއަށް ވަނީ ހަނދަނީ ފިލައެއްވެސް އަރުވާފައެވެ.

ޝަރީފް ކަސްޓަމްސްގެ ޚިދުމަތާއި ގުޅިވަޑައިގަތީ، 1993 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 12 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން