އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 10،000 އަށްވުރެ މައްޗަށް އަރައިފި އެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން މިއަދު ބުނީ މިދިޔަ މަހުގެ 07 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި ގާޒާ އިން 10،022 މީހަކު ޝަހީދުވެފައިވާ ކަމަށެވެ. އޭގެތެރޭގައި 4،104 ކުޑަކުދިންނާއި 2،641 އަންހެނުން ހިމެނޭ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީ އިން ބުނެއެވެ.



ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނިގޮތުގައި މި ހަމަލާތަކުގައި 25،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

ގާޒާ އަކީ 2.3 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅެމުން އަންނަ ސިޓީއެކެެވެ. ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އެތައް ހާސް ބައެއްގެ ގެދޮރު ވަނީ ސުންނާފަތިވެފައެވެ. އދ. އިން ބުނާގޮތުގައި ހަނގުރާމައާއި ގުޅިގެން ގާޒާގެ 1.5 މިލިއަން މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެެވެ.

އިޒްރޭލުން ހުއްޓުމެއް ނެތި ޣައްޒާއަށް އެއްގަމު މަގުންނާއި ވައިގެ މަގުން މިހާރު ވެސް ގެންދަނީ ހަމަލާތައް ދެމުންނެވެެ. އެގޮތުން ހައްދު ފަހަނައަޅާފައިވާ ޔަހޫދީ ސިފައިން އަންނަނީ ޣައްޒާގެ ހޮސްޕިޓަލުތައް ހުންނަ ސަރަހައްދުތަކާއި ރެފިއުޖީ ކޭމްޕުތަކާއި ސްކޫލްތަކަށް ބެލުމެއް ނެތި ހަމަލާދީ ލާއިންސާނީ އެތައް ޖަރީމާއެއް ހިންގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން