އެމްޑަބްލިޔުއެސްސީން ކުރަމުންދާ މަސައްކަތަކާއި ގުޅިގެން އަމީނީމަގުގެ ވަކި ސަރަހައްދަކުން ފެނުގެ ޚިދުމަތް ކެނޑިދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މާލޭގައި ކުރަމުންދާ ވޯޓާ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތަކާއި ގުޅިގެން މިރޭ 11:00 އިން ފެށިގެން މާދަމާ ފަތިހު 05:00 ގެ ނިޔަލަށް ވަކި ސަރަހައްދަކުން ފެނުގެ ޚިދުމަތް މެދުކެނޑިގެން ދާނެ ކަމަށެވެ.



އެގޮތުން، އެވަގުތުކޮޅުގައި ރިޔާސީ ހިނގުމާއި، އިއްޒުއްދީން ހިނގުމާއި ދެމެދުން އަމީނީ މަގުގައި ހިމެނޭ ގޭބީސީތަކުން ފެނުގެ ޚިދުމަތް މެދުކެނޑިގެން ދާނެ ކަމަށް އެމްޑަބްލޔުއެސްސީން ބުނެއެވެ. މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިކަމަކަށްޓަކައި އެކުންފުނިން ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން